ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ފަށާފައިވާ ހަރަކާތްތަކުގެ ތެރެއިން، ހުޅުމާލޭގެ ބައެއް ކެފޭތަކާއި ރެސްޓޯރެންޓުތަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގެ ގިނަ ކެފޭތަކާއި ރެސްޓޯރެންޓު އަދި ފިހާރަތަކުން ބޮޑެތި ޑިސްކައުންޓުތައް ލިބޭ “ޑިސްކައުންޓް ވީކް” ފެށީ މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.
މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް “ޑިސްކައުންޓް ވީކް” ކުރިއަށް ގެންދާއިރު، މި ހަރަކާތުގައި ބައިވެރިވާ ފިހާރަތަކާއި ރެސްޓޯރެންޓުތަކުގެ ހުރިހާ އައިޓަމަކުން ޑިސްކައުންޓު ލިބޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި ބައެއް ފިހާރަތަކުން ކޫޕަނާއި ހަދިޔާ ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޑިސްކައުންޓު ލިބޭނެ ހުޅުމާލޭގެ ކެފޭތަކާއި ފިހާރަތައް:
1. ފަހި ޕްލާޒާ (%05 ސްޓޯ ވައިޑް ޑިސްކައުންޓް) _ހުވަނދުމާ ހިނގުން.
2. ރަޓަޓޫލީ (%10 ސްޓޯ ވައިޑް ޑިސްކައުންޓް) _ ހިތިގަސް މަގު، ގޯޅި 17.
3. އެމްއެޗްއޭ މާޓް (ބައެއް ބްރޭންޑުތަކުގެ ތަކެތިން %15 ޑިސްކައުންޓް)_ ރެއިންކްރެސްޓް ރެސިޑެންސް އަދި ނިރޮޅުމަގު 16 އައުޓްލެޓް.
4. ބްރެޑް މެޓާރސް (%10 ސްޓޯ ވައިޑް ޑިސްކައުންޓް) _ ސެންޓްރޯ މޯލް.
5. އިހްސާން ފިހާރަ (ކޫޕަން އަދި ގިފްޓްސް) _ވިނަރެސް 10، ހުޅުމާލެ ފޭސް 2.
6. މަންހެޓަން ފިޝް މާކެޓް (%05 ސްޓޯ ވައިޑް ޑިސްކައުންޓް) _ ސެންޓްރޯ މޯލް.
7. ގްލޯރިއާ ޖީންސް (%10 ސްޓޯ ވައިޑް ޑިސްކައުންޓް) _ އަމިން އެވެނިއު، މޭޕަލް ޓަވަރ.
8. ކޮފީ ވިއު (%05 ސްޓޯ ވައިޑް ޑިސްކައުންޓް) _ ފެރީ ޓާމިނަލް ކިއޮސްކް 1.
9. ޗިކިންގ (%10 ސްޓޯ ވައިޑް ޑިސްކައުންޓް) _ އަމިން އެވެނިއު، އޯކް ޓަވަރ.
10. ރެޑްވޭވް ( ބައެއް ބްރޭންޑުތަކުގެ ތަކެތިން %10 ޑިސްކައުންޓް) _އަސުރުމާ ހިނގުން.
11. ބޭކާރސް ބާސްކެޓް (%05 ސްޓޯ ވައިޑް ޑިސްކައުންޓް) _ ނިރޮޅު މަގު، ލޮޓް ނަންބަރު 11203.
12. އަރިއްސާ (ބައެއް ބްރޭންޑުތަކުގެ ތަކެތިން %15 ޑިސްކައުންޓް) _އަމިން އެވެނިއު، މޭޕަލް ޓަވަރ.
13. އެސްޖޭ މޯލް (ބައެއް ބްރޭންޑުތަކުގެ ތަކެތިން %30 ޑިސްކައުންޓް)_ ބޯގަންވިލާ މަގު.
ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ފެސްޓިވަލެއް ގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ހިއްކުމަށް ފަހު، އެ ރަށުގައި މީހުން ދިރިއުޅެން ފެށީ މޭ 12، 2004 ގައެވެ.

