ގދ. ނަޑެއްލާއިން ގެއްލުނު މީހާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ މެންދުރުން ފެށިގެން އެ ރަށުން ގެއްލިގެން ހޯދަމުން ދިޔައީ ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34އ) އެވެ. އޭނާ އެ ރަށަށް ފޭބީ އިއްޔެ މެންދުރު ފަހުއެވެ. ނަމަވެސް އޭގެ ފަހުން އެއްވެސް ޚަބަރެއް ނުވިއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، އާދަމްގެ ޚަބަރެއް ނުވެގެން ރިޕޯޓް ކުރުމާ ގުޅިގެން އޭނާ ހޯދުމަށް ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. އަދި އޭނާ ފެނިފައިވަނީ މިއަދު ހަވީރު 4:45 އެހާކަންހާއިރުއެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ފެނުނު އިރު ހުރީ ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށެއްގައެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން މަޢުލޫމާތު ދިނެވެ.ނާ ފެނުނު އިރު ހުރީ ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށެއްގައެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން މަޢުލޫމާތު ދިނެވެ.
އާދަމް އިބްރާހިމްއަކީ “އިތުބާރު” ނަމަކަށް ކިޔާ ދޯނީގެ ކެޕްޓަނެވެ. އެ ދޯންޏަކީ ގދ. ނަޑެއްލާރަށު ސްކޫލްގެ އާ އިމާރާތުގެ މަސައްކަތަށް ބޭނުންވާ ސާމާނު އުފުލި ދޯންޏެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ރޭ 10:25 ގައެވެ. އޭނާ ގެއްލުނު ފަހުން ކައުންސިލާއި ފުލުހުން ގުޅިގެން ނަޑެއްލާ ކައިރީގައި ހުރި ފަޅުރަށްތައްވެސް ބަލައި ޗެކްކޮށްފައިވެއެވެ. އަދި ރޭ ދަންވަރު ވަންދެން އޭނާ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަ ނަމަވެސް ނުފެނި ދިޔައެވެ.
ނަމަވެސް މިހާރު އޭނާ ވަނީ ރައްކާތެރިކަމާއެކު ފެނި، ހާލު ރަނގަޅުކަން ކަށަވަރުވެފައެވެ.

