މިއަދުގެ ދުނިޔޭގައި އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަމަކީ ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. ނަމަވެސް، ޢަމަލީ ގޮތުން ބަލާއިރު، އަންހެނަކު ކުރިއަރައި ކާމިޔާބު ހޯދަމުންދާއިރު، އެކަމާމެދު އުފެދޭ ޝައްކުތަކާއި، އަބުރަށް ހުތުރުވާ ގޮތަށް ދެކެވޭ ވާހަކަތަކަކީ ހިތާމަހުރި ޙަޤީޤަތެކެވެ.
މުޖުތަމަޢުގައި އަންހެނުންނާމެދު ގެންގުޅޭ އާންމު ވިސްނުމަކީ، އަންހެނުންގެ މައިގަނޑު ޒިންމާއަކީ ގޭތެރޭގެ ކަންކަމާއި ދަރިން ބެލެހެއްޓުން ކަމުގައެވެ. މިފަދަ ދެކޭދެކުމުގެ ސަބަބުން، އަންހެނަކު ވަޒީފާގެ މައިދާނުގައި ކުރިއަރައި، މަތީ މަޤާމުތަކަށް އަރައި، ކާމިޔާބު ހޯދަމުންދާއިރު، އެކަމާމެދު ސުވާލު އުފެދި، ޝައްކުކުރެއެވެ. އަބުރަށް ހުތުރުވާފަދަ ވާހަކަތައް އެއަންހެނަކާމެދު ފަތުރާލަނީ ފަސޭހަކަމާއެކުގައެވެ. އޭނާ އެހިސާބަށް އައުމަށްޓަކައި ކިތައް ގުރުބާން ވިތޯ، ކިތައް އުފާތަކުން މަހުރޫމުވިތޯ، ކޮންކޮން ހާލަތްތަކަކާ ކުރިމަތިލިތޯ މިފަދަ ސުވާލު ނުކުރަނީ ކީއްވެގެންބާވައެވެ.
ފިރިހެނުން ކާމިޔާބުވުމަށް މަސައްކަތް ކުރާ ފަދައިން އަންހެނުންވެސް ކުރާނީ މަސައްކަތް ނޫންހެއްޔެވެ. ކޮންމެ ތަނެއްގައިވެސް ހެވާއި ނުބައި އޮންނަ އުސޫލުން އެކަކު ދެމީހަކު ކަންތައް ކޮށްފައި އޮންނަ ގޮތުގެ މިސާލު އެންމެނަށް ދިނުމަކީ އެއްވެސް ހާލެއްގައި އިންސާފުވެރި ގޮތެއް ނޫނެވެ.

ދެޖިންސުގެހަމަހަމަކަމަކީ ހަމައެކަނި ލިޔެފައި އޮންނަ ބަހަކަށް ނުހަދައި އަމަލުކުރާ ހަގީގަތަކަށް ހަދަމާ—-ފޮޓޯ:ފްރީޕިކް
އާއެކެވެ. ބައެއް ފަހަރު ކާމިޔާބު އަންހެނެއްގެ ފަހަތުގައި ނުރަނގަޅު ކަމެއްވެސް އޮވެދާނެއެވެ، އެކަމަކު އެއީ ހަމައެކަނި އޭނާގެ ކުށަަކަށް ހަދަންވީ ކީއްވެހެއްޔެވެ، އެނަޒަރިއްޔާތުން އޭނާއަށް މަގު ދެއްކި މީހާވެސް ކަމުގައި ގޯސްވަނީ އެއްމިންވަރަކަށް ނޫންހެއްޔެވެ. އެހެންނަމަވެސް މިފަދައިން ހުރިހާ ފަހަރަކު ވާކަށް ނުޖެހެއެވެ. ހުރިހާ އަންހެނުންނަކީ އަމިއްލަ އަބުރު ނީލަން ކިޔާނެ ބައެއްކަމަށް ގަބޫލު ކުރުމަކީީ ހުދު ތިމާއަމިއްލައަށް ތިމާ މިދުނިޔެއށް ގެނައުމަށް ފުރާނައާ ކުޅެގެން ނުވަމަސްދުވަހުގެ ރާސްތާ ކަޑައްތު ކުރި މަންމައަށްވެސް ބަސްބުނުން ކަން ގަބޫލުކުރާށެވެ. އެހެނީ އެވެސް އަންހެނަކަށް ވީތީއެވެ.
އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކަަމަށް އަޑަށް ބާރުލާފައި ބުނާ މީހުން ޕޯޑިއަމްތަކާއި ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައި އެ ހަމަހަމަކަން ދައްކަނީ މުޅިން ތަފާތު ކުލަައެއްގައެވެ. މިހެން ކަންތައް ވަނީވެސް ސަބަބުތަކަކާ ހެދިއެވެ. އަންހެނަކު ކާމިޔާބުވެ ުކުރިއަރައިގެންދާނަމަ އޭނާގެ މަންޒިލާ ހަމައަށް ދެމިގެންވާ ރާސްތާ ކަށިކުނބުރު ޖަންގައްޔަކަށް ވެދަނީ އެތައް ސަބަބުތަކަަކާ ހުރެއެވެ.
ެެެއެގޮތުން އަންހެނުންނާއި ފިރިހެނުންނަށް ތަފާތު މިންގަނޑުތަކެއް ބޭނުންކުރެވެއެވެ. ފިރިހެނަކު ކާމިޔާބު ހޯދުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކެވޭއިރު، އަންހެނަކު ކާމިޔާބު ހޯދުމުން އެކަން ޝައްކާއެކު ސުވާލު ކުރެވެއެވެ. އަދި އެ ކާމިޔާބީއަކީ ޤާބިލުކަމުން ލިބުނު އެއްޗެއްގެ ބަދަލުގައި، އެހެން ގޮތްގޮތުން ލިބުނު އެއްޗެއްކަމުގައި ދެކެވެއެވެ.

ދެޖިންސުގެހަމަހަމަކަމަކީ ހަމައެކަނި ލިޔެފައި އޮންނަ ބަހަކަށް ނުހަދައި އަމަލުކުރާ ހަގީގަތަކަށް ހަދަމާ—-ފޮޓޯ:ފްރީޕިކް
ގިނަ ދިރާސާތަކުން ދައްކާގޮތުގައި، ވަޒީފާގެ މާޙައުލުގައި އަންހެނުންނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. މުސާރައިގެ ތަފާތުކުރުން، ލީޑަރޝިޕް މަޤާމުތަކުގައި ތަމްސީލު ކުރެވޭ މިންވަރު މަދުވުން، އަދި ޖިންސުގެ ސަބަބުން ކުރެވޭ ތަފާތުކުރުންތައް މީގެ ތެރޭގައި ހިމެނެއެވެ.
ކާމިޔާބު ހޯދާ އަންހެނުން އަމިއްލަ ނަފްސާމެދުވެސް ޝައްކުކުރާކަން ފާހަގަކުރެވެއެވެ. މިއީ "އިމްޕޮސްޓަރ ސިންޑްރޯމް" ގެ ނަމުގައި މަޝްހޫރު ކަމެކެވެ. މުޖުތަމަޢުގެ ނޭދެވޭ ނަޒަރުގެ ސަބަބުން، އަމިއްލަ ޤާބިލުކަމާމެދު ސުވާލު އުފައްދައި، އަމިއްލަ ކާމިޔާބީތަކަކީ ޙައްޤުގޮތުގައި ލިބުނު އެއްޗެހިކަމާމެދު ޝައްކު އުފެދެއެވެ. ގިނަ އަންހެނުންނަށް އާއިލާއާއި މުޖުތަމަޢުގެ ފަރާތުން އެކަށީގެންވާ އެހީތެރިކަމެއް ނުލިބެއެވެ. މީގެ ސަބަބުން އެމީހުން އަމިއްލައަށް ކުރިއަރަން މަސައްކަތް ކުރާއިރު، އެކަހެރިވެފައިވާ ކަމުގެ އިހުސާސް ކުރެވެއެވެ. އަދި އަބަދުވެސް އަމިއްލަ ޤާބިލުކަން ސާބިތުކޮށްދޭން ޖެހެއެވެ.

އަންހެނުންގެ ކާމިޔާބީތައް ފާހަގަކޮށް، އެކަންކަމަށް ހިތްވަރުދީ އެހީތެރިވާންވާނެ— ފޮޓޯ:ފްރީޕިކް
މި ކަންކަން ޙައްލުކުރުމަށްޓަކައި މުޖުތަމަޢުގެ ވިސްނުން ބަދަލުކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަންހެނުންނަކީވެސް އަމިއްލަ ޤާބިލުކަމާއި ހުނަރު ލިބިފައިވާ، އަމިއްލަ އުންމީދުތަކާއި އަމާޒުތައް ހުރި ބައެއްކަން ޤަބޫލުކުރަން ޖެހެއެވެ. އަންހެނުންގެ ކާމިޔާބީތައް ފާހަގަކޮށް، އެކަންކަމަށް ހިތްވަރުދީ އެހީތެރިވާންވާނެއެވެ.
އަންހެނުންގެ ކާމިޔާބީއާމެދު މުޖުތަމަޢުން ދެކޭ ނޭދެވޭ ނަޒަރު ބަދަލުކުރުމަކީ ދިގު މުއްދަތެއްގައި ކުރަންޖެހޭނެ މަސައްކަތެކެވެ. މިކަމަށްޓަކައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވެއެވެ. އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަމަކީ ހަމައެކަނި ޤާނޫނުތަކުގައި ލިޔެވިފައި އޮންނަ އެއްޗަކަށް ވުމުގެ ބަދަލުގައި، ޢަމަލީ ގޮތުން ފެންނަން އޮންނަ ޙަޤީޤަތަކަށް ވާންޖެހެއެވެ.

