އިންޑިއާއާއި ޕާކިސްތާނުގެ ދެމެދު ކުރިއަށް ދިޔަ އަސްކަރީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމާއެކު ދެ ގައުމުގެ ސްކޫލްތައް އަލުން ހުޅުވައިފިއެވެ.
ހަނގުރާމަ ހުއްޓާލުމާއެކު އެކި ސަރަހައްދުތަކުގައި ބަންދުކުރި ސްކޫލްތަކާއި އެހެނިހެން ތައުލީމީ މަރުކަޒުތައް އަލުން ވަނީ ފަށައިފައެވެ. އެގޮތުން، އިންޑިއާގެ ޖައްމޫ ކަޝްމީރާއި ރާޖަސްތާން އަދި އެހެނިހެން ސަރަހައްދުތަކުގައި ހުންނަ ސްކޫލުތަކުގައި އަލުން މިއަދު ކިޔަވައިދޭން ފެށިއިރު ޕާކިސްތާނުގެ ކުރްރަމް ފަދަ ޑިސްޓްރިކްޓްތަކުން ތައުލީމީ މަރުކަޒުތައްވެސް ވަނީ އަލުން ހުޅުވައިފައެވެ.
އިންޑިއާގެ ޕަންޖާބު ސްޓޭޓްގެ އަމްރިތުސަރާއި، ތާން ތަރަން ފަދަ ސްކޫލް ޑިސްޓްރިކްޓްތައް ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުމަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ކަންބޮޑުވުންތަކުގެ ސަބަބުން ބަދަލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
އިންޑިއާއިން ޕާކިސްތާނާ ގެ ހަނގުރާމަ ފެށިފައި މިވަނީ އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދުގެ ތެރޭގައި ދިން ހަމަލާއެއްގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ފަތުރުވެރިންތަކެއް މަރާލުމާ ގުޅިގެންނެވެ.
ކަޝްމީރަކީ އިންޑިއާ އާއި ޕާކިސްތާން، 2 ގައުމުންވެސް ކޮންޓްރޯލްކުރާ ސަރަހައްދެކެވެ.

