މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ސައިކަލް ޕާކިން ޒޯނެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި ޕާކިން ޒޯން ތަރައްޤީކުރަމުންދަނީ ގަލޮޅުގައި މާލެ ސިޓީ ކައުންސިލުން ތަރައްޤީ ކުރަމުންދާ މައިޒާނާ އިންވެގެން އޮންނަ ހުސްބިމުގައެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ޕާކުކުރެވޭނެ ޖާގައެއް ހޯދައިދިނުމެވެ. އަދި މި ޕާކިން ޒޯން ތަރައްޤީކުރުމުން، ކާރުބާރު ބޮޑު ބޮޑު ރަސްގެފާނު މަގުގެ ޓްރެފިކަށް ލުޔެއް ލިބިގެންދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެފައިވަނީ “މި ޕާކިން ޒޯން ނިމުމާއެކު، އިތުރުވެގެންދާ ޕާކިން ސްލޮޓްތަކުން މި ސަރަހައްދުގެ ކަންމަތިތަކުގައި ޕާކުކުރާ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނެ” ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ މަގުގެ ޓްރެފިކަށް ލުޔެއް ލިބި، ދުއްވަން ފަސޭހަވެގެންދާނެ ކަމަށްވެސް މޭޔަރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން ގަލޮޅު ސަހަރާ ހިމެނޭ ކޮށިން އެއް މީޓަރު މަގަށް އިތުރުކުރެވި، މަގު ފުޅާކުރެވިގެންދާނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ. އަދި މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް ކައުންސިލުން މަސައްކަތްކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތައް ފުޅާކުރުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދެއެވެ. މީގެ ތެރޭގައި މާލޭގެ އުތުރު ފަރާތު، މަސްވެރިންގެ ޕާކުން ފެށިގެން އެމްޓީސީސީ ފެރީ ޓާމިނަލް ސަރަހައްދުގެ މަގުވެސް ވަނީ ފުޅާކޮށްފައެވެ.

