އަންނަ މަހު ނެރުމަށް ހަމަޖެހިފައިވާ އާމިރް ޙާންގެ ފިލްމު "ސިތާރޭ ޒަމީން ޕަރް" ގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ.
މިއީ 2022 ނެރުނު "ލާލު ސިންގާ ޗައްޑާ" އަށް ފަހު ބެލުންތެރިންނާ ހަމައަށް އަންނަ އާމިރުގެ ފުރަތަމަ ފިލްމެވެ.
"ސިތާރޭ ޒަމީން ޕަރް" ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 20 ގައެވެ.
ޑައުންސިންޑްރޯމާއި އޯޓިޒަމް ހުންނަ ބާސްކެޓް ކުޅުންތެރިންތަކެއް ގޮވައިގެން ކޯޗަކު އެމީހުން މުބާރާތްތަކެއް ކާމިޔާބު ކުރުމަށް ކުރާ މަސައްކަތް ދައްކުވައިދޭ މި ފިލްމު ހަދާފައި ވަނީ ސްޕެއިންގެ 2018 ގެ ފިލްމު "ޗެމްޕިއަންސް" އަށް ބިނާކޮށެވެ.
އާމިރުގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ‘ތާރޭ ޒަމީރް ޕަރް، ފަދަ އަސަރުގަދަ ފިލްމުތައް ހިމެނެއެވެ.

