ސަންދީލް ރެޑީ ވަންގާ ޑައިރެކްޓްކުރާ "ސްޕިރިޓް" ގެ ބަތަލާގެ ރޯލަށް ދީޕިކާ ޕަކްދޯން އެއްބަސްވީ 20 ކްރޯޑް ރުޕީސް އަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިއީ ޑޮަލަރުން ބަލާނަމަ 2.3 މިލިއަން ޑޮލަރެވެ.
މިހާރު ބޮލީވުޑްގެ އެންމެ އަގުބޮޑު ބަތަލާ ކަމުގައިވާ ދީޕިކާ އަކީ ފިލްމުގެ ބަތަލާކަމަށް ފިލްމުގެ ޓީމުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
"ސްޕިރިޓް" ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ ބޮލީވުޑްގެ ބޮޑެތި ހިޓްތަކުގެ ތެރޭގައި ހިމެނޭ، 2023 ވަނަ އަހަރު ނެރުނު ރަންބީރް ކަޕޫރްގެ "އެނިމަލް" ޑައިރެކްޓް ކުރި ސަންދީލް ރެޑީ ވަންގާއެވެ.
މިދިޔަ އަހަރު ދަރިޔަކު ވެސް ލިބުނު ދީޕިކާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ނޮވެމްބަރު ސިނަމާތަކަށް ނެރުނު "ސިންގަމް އެގެއިން" އެވެ.

