ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ނ.މަގޫދޫ އަދި ކުޑަފަރީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
މި ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވީ ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެވެ.
މިރަސްމިޔާތުގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަފޫ ހާމިދު އާއި ލަންދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް ގެ ޗެއާރ ޕާރސަން އަޙްމަދު އަލީ ޙަބީބު އާއި ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) މުޙައްމަދު ޝަރީފް ގެ އިތުރުން މަގޫދޫ ކައުންސިލް ގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާލީ މުހިންމު ހުރިހާ ޚިދްމަތްތަކެއް އެއްތަނަކުން ލިބޭނެފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާ އާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 7 ނޮވެމްބަރ 2024 ގައެވެ.

