ޔޫތު މިނިސްޓްރީން “އޯޕަން ޑޭ 2025” މިއަދު ބާއްވަން ނިންމައިފިއެވެ.
މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުގައި މިއަދު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ. މި އިވެންޓުގައި ހުރިހާ އުމުރު ފުރައެއްގެ ބޭފުޅުންނަށް ބައިވެރިވެނޭނެއެވެ.
މިނިސްޓްރީގެ އެކި އެކި ޑިޕާޓްމަންޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ޒުވާނުންނަށް ލިބޭ ހިދުމަތްތަކުގެ މައުލޫމާތު މި އިވެންޓުގައި ފޯރުކޮށްދެވިގެންދާނެއެވެ. އަދި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތުތައް މިނިސްޓްރީގެ ޑިޕާޓްމަންޓުތަކުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މިއަދު ހަވީރު ކުޑަކުދިންނަށް ހާއްސަކޮށް އެކި ހަރަކާތަތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު ރޭގަނޑު ލައިވް ޕަރފޯމަންސްތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އޯޕަން ޑޭގައި ބައިވެރިވާ ފަރާތްތަކަށް އިނާމާއި އަދި އެހެނިހެން ސަޕްރައިޒްތައް ވެސް ލިބިގެންދާނެއެވެ.

