ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލިއިރު އެޕާޓީގައި އޭރު ތިއްބެވި ސެނެޓު މެމްބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މެމްބަރުން ސަރުކާރު ހިންގާ “ޕީޕަލް ނެޝަނަލް ކޮންގުރެސް” ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.
ޕީޕީއެމް އުވިގެންދިޔައިރު އެޕާޓީގެ ސެނެޓް މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޕީއެންސީއާއި ގުޅުނު ގިނަ އަދަދެއްގެ މެންބަރުން ރަސްމީކޮށް ޕާޓީއާއި ރޭ ގުޅިފައިވާއިރު އެ މެންބަރުން އިގުރާރު ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ރޭ ވަނީ ހަވާލުކޮށްފައެވެ.
ޕީއެންސީގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުން، ޕީޕީއެމް އުވާލަން ނިންމީ ޑިސެމްބަރު 2، 2024 ގައެވެ.
ޕީޕީއެމް އުވިފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް، އެ ޕާޓީގެ ޤައުމީ ބައްދަލުވުން ބާއްވާފައި ނުވުމުންނެވެ. ޕީޕީއެމްގެ ޤައުމީ ބައްދަލުވުމެއް، ނުވަތަ އެ ޕާޓީގެ ކޮންގްރެސްއެއް އެންމެ ފަހުން ބާއްވާފައިވަނީ 2013 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 16 އިން 19 ވަނަ ދުވަހަށެވެ.
ޕީޕީއެމްގެ ގިނަ މެމްބަރުން ޕީއެންސީއާ ގުޅިފައިވާއިރު ޕީއެންސީގައި މިވަގުތު 70،000 އާ ގާތްކުރާ އަދަދަކަށް މެމްބަރުން އެބަތިއްބެވެ.

