“މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން” އެމްއެމްޕީއާރުސީން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަޤާފަތާއި ތަފާތު ތަޖްރިބާތައް ދައްކުވައިދޭ “ވިޒިޓް މޯލްޑިވްސް ވީކް” އިޓަލީއާއި ފްރާންސްގައި ފަށައިފިއެވެ.
ވިޒިޓް މޯލްޑިވްސް ވީކްގައި 12 ކުންފުންޏަކުން 18 މަންދޫބުން ވަނީ ބައިވެރިވެފައެވެ.
އިޓަލީގައި މި ރޯޑްޝޯ ބާއްވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ރޯމްގައި އަދި 15 ވަނަ ދުވަހު މިލާނުގައެވެ. އަދި ފްރާންސްގައި ރޯޑްޝޯތައް ބާއްވާނީ މިމަހުގެ 19 ވަނަ ދުވަހު ލިއޯންގައި އަދި 20ވަނަ ދުވަހު ޕެރިހުގައެވެ.
މި ހަރަކާތުގައި ރާއްޖޭގެ ހިތްގައިމުކަން ދައްކާލުމުގެ ގޮތުން އިޓަލީއާއި ލިއޯންގައި އިންޓަރެކްޓިވް ކުއިޒްއަކާއި ވޯކްޝޮޕްއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ޕެރިހުގައި މީޑިއާ ކޮންޕޯނެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިޓަލީވިލާތާއި ފްރާންސަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު 2 މާކެޓެވެ.

