މިދިޔަ އޭޕްރީލް މަހު 127 މީހަކަށް ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތް ޕޮރޮޓެކްޝަން އެޖޭންސީ، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ އޭގެ ކުރީ މާޗްމަހާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ. މާރިޗު މަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 73 މީހުންނެވެ.
ޑެންގީ ވައިރަސް ފެތުރެނީ ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށްފަހު، މި މަދިރި ގޮސް އަނެކާގެ ގައިގައި ހެފުމުންނެވެ.
ޑެންގީ ހުމަށް ގޭގަ ކުރެވިދާނެ ބައެއް ފަރުވާތައް:
- ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުން
- ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުން
- ހުން މަޑުކުރުމަށާއި ގައިގައި ރިއްސުން ކުޑަކުރުމަށް ޕެނަޑޯލް ނުވަތަ ޕެރަސެޓަމޯލް ފިޔަވާ އެހެން އެއްވެސް ބޭހެއް ބޭނުން ނުކުރުން
ޑެންގީން ރައްކާތެރި ވުމަށް ކުރެވިދާނެ ބައެއް ކަންތައް:
- މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން / ސްޕްރޭ ބޭނުން ކުރުން
- ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުން
- ކުޑަދޮރު ފަދަ ތަންތާނގައި މަދިރި ދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރި ގެ ބޭނުން ކުރުން
- މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި، ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން
- ފެން ހަރުލާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި ސާފުކުރުން
- ދައުރު ނުވާގޮތަށް ހުންނަ ބޮޑެތި ފެންގަނޑުތަކަށް މަދިރި ފަނި ކާ ކުދި މަސް ލުން
ހުރިހާ ވައްތެރެއްގެ މަދިރިވެސް އެންމެ ގިނަވަނީ ހެނދުނާއި ހަވީރު ގަޑީގައެވެ. އެގޮތުން އީޑިސް މަދިރި އާންމުކޮށް ހަފަނީ ދުވާލު ގަޑީގައެވެ

