ޤައުމީ ޔުނިވަރސިޓިއާއި ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑު، ޔޫއެންއެފްޕީއޭ ގުޅިގެން ރާއްޖޭގައި ދަރިމައިވުމުގައި ހުރި ދަތިތަކަށް ދެނެގަތުމަށް ކުރިއަށްގެންދިޔަ ދިރާސާ ނިންމާލައިފިއެވެ.
މި މިދިރާސާ ނިންމާލުމަށް ޤައުމީ ޔުނިވަރސިޓީގައި ބޭއްވެވި ރަސްމިޔާތުގައި އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންނަވާފައެވެ.
މި ރަސްމީޔާތުގައި ޔޫއެންއެފްޕީއޭ މޯލްޑިވްސްގެ ކަންޓްރީ ޑިރެކްޓަރު، ކުންލޭ އަޑެނިޔީ ވިދާޅުވީ ޒުވާނުންނާއި އަންހެނުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ޔޫއެންއެފްޕީއޭއިން ހިތްވަރުދޭކަމަށާއި، އަދި އެކަމަށްޓަކައި އެޖަމްޢިއްޔާއިން ކުރަމުން އަންނަ މަސައްކަތް ކުންލޭ ވަނީ ފާހަގަކުރައްވާފައެވެ.
ޤައުމީ ޔުނިވަރސިޓީއާއި ޔޫއެންއެފްޕީއޭއިން ބުނީ މިދިރާސާގެ އަލީގައި ދަރިމައިވުމުގެ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް އެހީތެރިވެވޭނެކަމަށް އުއްމީދުކުރާ ކަމަށެވެ.

