އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން، އައިއެމްއޯއަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު، މަޤާމުގެ ފަތްކޮޅު އެޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލަށް އަރުވައިފިއެވެ.
އައިއެމްއޯއަށް ދާއިމީ މަންދޫބެއްގެ ގޮތުގައި ކަނޑަޅުއްވާފައިވަނީ ރާއްޖެއިން ފްރާންސަށާއި އިނގުލެންޑަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. އިރުތިޝާމް އާދަމްއެވެ.
މަޤާމުގެ ފަތްކޮޅު އެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަރސެނިއޯ އަންޓޯނިއޯ ޑޮމިންގޭޒް ވެލަސްކޯއަށް އަރުވާފައިވަނީ ލަންޑަންގައި ހުންނަ އެޖަމްޢިއްޔާގެ މައި މަރުކަޒުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އައިއެމްއޯއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އެ އޯގަނައިޒޭޝަންގެ އިސްނެންގެވުމުގައި ޢަމަލީގޮތުން ބައިވެރިވުމުގައި ރާއްޖެއިން ދެމިތިބޭނެކަމުގެ ޔަޤީންކަން ޑރ. އިރުތިޝާމް ވަނީ ދެއްވާފައެވެ.
ޑރ. އިރުތިޝާމް އާދަމަކީ ދިވެހިރާއްޖެ އައިއެމްއޯގެ މެމްބަރު ޤައުމަކަށްވުމަށްފަހު އެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައެޅި ދެވަނަ މަންދޫބެވެ.

