އިޓަލިއަން އޯޕެން ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ޖޭސްމީން ޕައޮލީނީ ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން އިޓަލީއަށް އުފަން ޕައޮލީނީ ހޯދާފައިވަނީ ފައިނަލުގައި ޓެނިހުގެ ދުނިޔޭގައި ތިން ވަނައަށް އެންމެ މޮޅު ކުޅުންތެރިޔާ ކަމުގައިވާ، އެމެރިކާގެ ކޮކޯ ގައުފްގެ މައްޗަށް ހައެއް ހަތަރެއް އަދި ހައެއް ދޭއްގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.
މިއީ އޭނާ ކާމިޔާބުކުރި އޭޓީޕީ 1000 ގެ ދަރަޖައިގެ ދެވަނަ މުބާރާތެވެ. އގޮތުން، އޭނާ ވަނީ މިދިޔަ އަހަރު ދުބާއީގައި ނިމިގެންދިޔަ ދުބާއީ ޗެމްޕިއަންޝިޕްވެސް ކާމިޔާބުކޮށްފައެވެ.
މީ 40 އަހަރު ފަހުން އިޓަލީގެ ކުޅުންތެރިއަކަށް މި މުބާރާތް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރުކަމަށްވީއިރު، . މީގެ ކުރިން މި މުބާރާތް 1985 ވަނަ އަހަރު ކާމިޔާބުކޮށްފައިވަނީ އިޓަލީގެ ރަފައެއްލާ ރެގީއެވެ.

