ބޮލީވުޑްގެ މަަޝްހޫރު ތަރި، ސަލްމާން ޚާންގެ އާ ފިލްމުގެ ޝޫޓިން އަންނަ ޖުލައި މަސް ތެރޭ ފަށާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޑައިރެކްޓަރު އަޕޫރްވާ ލާކިއާއާ އެކު ސަލްމާން ޚާން މަަސަައްކަތްކުރާ ފުރަތަމަ ފިލްމުގެ ޝޫޓިން 70 އަށްވުރެ ގިނަ ދުވަހަށް ދެމިގެންދާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، ފިލްމުގެ މައިގަނޑު މަންޒަރުތައް ނަގާނީ މުމްބާއީގެ އިތުރުން ލަޑާކްގައި ކަމަށް މައުލޫމާތު ލިބެއެެވެ.
ހަނގުރާމަ ފިލްމެއްގެ ސްޓައިލަށް ހަދާ މި ފިލްމަކީ ކުޅަދާނަ ލިޔުންތެރިން ކަމުގައިވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ “އިިންޑިއާސް މޯސްޓް ފިއަލެސް 3” އަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ފޮތުގައި 2020 ވަނަ އަހަރު އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވަން ވެލީގައި ހިނގި ކުރިމަތިލުންތަކެއްގެ ވާހަކަ ގެނެސްދޭއިރު، ފިލްމުގައި ސަލްމާން ފެނިގެންދާނީ އަސްކަރީ އޮފިސަރެއްގެ ރޯލުންނެވެ.
މި ފިލްމުގެ ޑައިރެކްޓަރ އަޕޫރްވާއާ މިއީ ސަލްމާން މަސައްކަތްކުރާ މިއީ ފުރަތަމަ ފަހަރެވެ. އޭނާ ގެެނެސްދީފައިބާ ފިލްމުތަކުގެ ތެރޭގައި “އޭކް އަޖުނަބީ”، “ޝޫޓްއައުޓް އެޓް ލޯކަންދުވާލާ”، “މިޝަން އިސްތަންބޫލް” އާއި “ޒަންޖީރު” ފަދަ ފިލްމުތައް ހިމެނޭއިރު، އޭނާ އެންމެ ފަހުން ޑައިރެކްޓްކޮށްފައިވާ ފިލްމަކީ 2017 ވަނަ އަހަރު ރިލީޒްކުރި “ހަސީނާ ޕަރްކާރް” އެވެ.

