މިއީ ރާއްޖޭގައި ޑެންގީ ހުން އާންމުވަމުންދާ ދުވަސްވަރެކެވެ. ޑެންގޫ ހުމަކީ މަދިރިން ފަތުރާ ނުރައްކާތެރި ބައްޔެކެވެ. ޚާއްޞަކޮށް ވާރޭވެހޭ މޫސުމުގައި މަދިރި އުފެދި، އާލާވުމަށް މަގުފަހިވެއެވެ. އެހެންކަމުން މިފަދަ ދުވަސްވަރު މަދިރިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.
މަދިރިއަކީ އަނދިރި އަދި ހޫނު މާހައުލުތަކަށް ޚާއްޞަ ގޮތެއްގައި ކަމުދާ ސޫފި ސޫތްޕެކެވެ. އެ ސޫފާސޫފި އާންމުކޮށް ފޮރުވެ ތިބެނީ އަލަމާރި، ސިންކު އަދި ފަރުނީޗަރުތަކުގެ ދަށުގައެވެ.
އިރުއޮއްސުމާއެކު މަދިރި އެތަންތަނުން ނުކުމެ، ކާނާ ހޯދުމުގެ މަސައްކަތް ފަށައެވެ. އެ ސޫފާސޫފި ކާނާގެ ގޮތުގައި ބޭނުންކުރަނީ ލޭފޮދުފޮދާއި، ނުހިކި ހުންނަ އަންނައުނުންނާއި ދާވެފައި ހުންނަ ތަކެތިން ދިޔަދަމައިގެން ބުއިމެވެ. އަދި އިންސާނުންގެ ގައިންވެސް ލޭބޯން މަސައްކަތްކުރެއެވެ.
މަދިރި އުފެދޭ ތަންތަން ނައްތާލުން؛ މަދިރި އުފެދި އާލާވަނީ ފެން ހަރުލާ ތަންތަނުގައެވެ. އެހެންކަމުން ގޭގެ އާއި ގޯތިތެރޭގައި ފެން ހަރުލާފަދަ ތަކެތި ބެހެއްޓިފައި ހުރިތޯ ބަލައި، އެފަދަ ތަކެތި ނައްތާލަންޖެހެއެވެ. މީގެ ތެރޭގައި ބޭނުންކޮށްފައި އުކާލާ ފުޅި، ދަޅު، ކާތަކެތީގެ ޕެކެޓް އަދި ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތި ހިމެނެއެވެ. އަދި ހަމައެހެންމެ ގަސްކާނާ ބަހައްޓާފައި ހުންނަ ތަށި އަދި ފެންއެޅޭ ގޮތަށް ހުންނަ ގަސްމުށިތައްވެސް ރަނގަޅަށް ބަލަހައްޓަންޖެހެއެވެ.

ގިނައިން ދިޔާތަކެތި ބުއިމާއި، ޑޮކްޓަރުންގެ ލަފައާއެކު ބޭސް ބޭނުންކުރުން މުހިންމެވެ.—ފޮޓޯ:ކެންޓޯ
ފެންހަރުލާ ތަންތަން ބެލެހެއްޓުން؛ ފެންވަޅުތަކާއި ފެން ތާނގީތައް ރަނގަޅަށް މަތިޖަހައި ބަންދުކުރަންޖެހެއެވެ. އަދި މިފަދަ ތަންތަން ގަވާއިދުން ސާފުކޮށް، ކްލޮރިން އަޅަންޖެހެއެވެ. އިމާރާތްކުރަމުންދާ ތަންތަނުގައި ކޮނެފައި ހުންނަ ވަޅުގަނޑުތަކާއި، ލިފްޓް ގޮޅިތަކާއި، ދިޔަދޮވިތަކުގައި ފެން ނުހަރުލާނެހެން ބަލަހައްޓަންޖެހެއެވެ. އަދި ކުނިގޮނޑުތަކުގައި ފެން ހަރުނުލާނެހެން ބެލެހެއްޓުމަކީވެސް މުހިންމު ކަމެކެވެ.
ގޭތެރެ މަދިރިން ރައްކާތެރިކުރުން؛ މަދިރިއަކީ އަނދިރި އަދި ހޫނު ތަންތަނަށް ވަދެ ފޮރެން ކަމުދާ ސޫތްޕެކެވެ. އެހެންކަމުން ގޭތެރޭގައި މަދިރި ފިލާތިބޭ ފަދަ ތަންތަން ބަލައި، އެފަދަ ތަންތަން ސާފުކޮށް ބަލަހައްޓަންޖެހެއެވެ. ޚާއްޞަކޮށް އަލަމާރިތަކުގެ ފަހަތާއި، ސިންކު ދަށާއި، ފަރުނީޗަރުގެ ދަށް ފަދަ ތަންތަނަށް ސަމާލުކަން ދޭންޖެހެއެވެ.
މި ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ކުއްލި ހުން އައުން، ބޮލާއި ލޮލުގެ ބޮނޑީގައި ރިއްސުން، މަސްތަކާއި ގުނަވަންތަކުގައި ރިއްސުން، ހޮޑުލުން އަދި ވާގިނެތުން ހިމެނެއެވެ. ނުރައްކާތެރި އަލާމާތްތަކުގެ ގޮތުގައި ބަނޑުގައި ރިއްސުން، ހޮޑުލުން ނުހުއްޓުން، ހަށިގަނޑުގެ ތެރެއަށް ދިޔަ އެއްވުން، ލޭއައުން، ނިދަން އުނދަގޫޥުން އަދި މޭ ބޮޑުވުން ފާހަގަކުރެވެއެވެ.
ފަރުވާގެ ގޮތުގައި މައިތިރި ޙާލަތްތަކުގައި ގޭގައި އަރާމުކޮށް، ގިނައިން ދިޔާތަކެތި ބުއިމާއި، ޑޮކްޓަރުންގެ ލަފައާއެކު ބޭސް ބޭނުންކުރުން މުހިންމެވެ.
ޚާއްޞަކޮށް ހުން މަޑުވާ ފުރަތަމަ ދެދުވަހަކީ ނާޒުކު ދުވަސްތަކަކަށްވާތީ، މި ދުވަސްވަރު ކުރުނބާ ފެނާއި ލޮނުޕެކެޓް ފަދަ ތަކެތި ބޭނުންކުރުން މުހިންމެވެ.
މި ބައްޔަކީ ފުރާނައަށް ނުރައްކާވެދާނެ ބައްޔަކަށްވުމާއެކު، އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ.

ޑެންީ،، އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ.—ފޮޓޯ:ކެންޓޯ
މަދިރިން ރައްކާތެރިވުމަށް ޤުދުރަތީ އަދި ރައްކާތެރި ގޮތްތައް ބޭނުންކުރެވިދާނެއެވެ. މީގެ ތެރޭގައި:
- އުއްބައްތި އަދި ދުންދަނޑި ބޭނުންކުރުން
- އެސެންޝިއަލްއޮއިލް ބޭނުންކުރުން
- ލުނބޯ ދެފަޅިކޮށް ކަރަންފޫ ޖަހައިގެން ބެހެއްޓުން
- ލޮނުމެދު ސްޕްރޭ ބޭނުންކުރުން
- ޔޫކަލިޕްޓަސް ތެޔޮ އަދި ޓީޓްރީ އޮއިލް ބޭނުންކުރުން
- ލެވެންޑާ އަދި ފޮނިތޮށި ބޭނުންކުރުން
އަމިއްލަ ރައްކާތެރިކަން
މަދިރިން ރައްކާތެރިވުމަށް އަމިއްލަ ފަރުދީ ފެންވަރުގައިވެސް ފިޔަވަޅުތަކެއް އެޅިދާނެއެވެ. މީގެ ތެރޭގައި
- މަދިރި ދާގަނޑު ބޭނުންކުރުމާއި، ހަށިގަނޑު ނިވާވާ ގޮތަށް އަންނައުނު ލުން ހިމެނެއެވެ.
- ހަމައެހެންމެ މަދިރި ސްޕްރޭ ބޭނުންކުރުމަކީވެސް މުހިންމު ކަމެކެވެ.
މަދިރިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް އެންމެންގެ އެއްބާރުލުން މުހިންމެވެ. ކޮންމެ ފަރުދަކުވެސް އެމީހެއްގެ ޒިންމާ އަދާކޮށް، މަދިރި އުފެދޭ ތަންތަން ނައްތާލައި، ގޭތެރެ މަދިރިން ސަލާމަތްކުރުމަށް މަސައްކަތްކުރަންޖެހެއެވެ. މިކަމަށް ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލުމަކީ އަމިއްލަ ނަފްސާއި އާއިލާގެ ޞިއްޙަތު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

