ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒު މަސްވެރިންނާ މަޝްވަރާކުރެއްވުމުގެ 2 ވަނަ ބައްދަލުވުންބާއްވައިފިއެވެ.
ފުރަތަމަ ބައްދަލުވުމުން ލިބުނު ޚިޔާލުތަކުގެ އަލީގައި އިޞްލާޙުތައް ވަނީ ގެނެވިފައެވެ.
މި މިފަދަ ބައްދަލުވުންތައް ބޭއްވުމުގެ މަޤްޞަދަކީ ޤައުމީ ސިޔާސަތުތައް އެކުލަވާލުމުގައި މަސްވެރިންގެ އަޑު އަހާކަން ކަށަވަރުކުރުމެވެ.
ރައީސް އިސްކަންދެއްވަނީ މަސްވެރިކަމުގެ ދާއިރާގައި ބޭރުގެ މަސައްކަތްތެރިންގެ ބައިވެރިވުން މަދުކޮށް، ދިވެހިންގެ ދައުރު ފުޅާކުރެއްވުމަށެވެ.
ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
- މަސްވެރިންނަށް ވައުދުވެވަޑައިގެންނެވި ގޮތަށް މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނެ އިންތިޒާމް ހަމަޖެއްސެވުން
މި ސިޔާސަތު ތަންފީޒުކުރަން ފެށީ 10 ޑިސެންބަރު 2024 ވަނަ ދުވަހުއެވެ.ފައިސާ ދޫކުރުމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް އިތުބާރު އަލުން ބިނާވެފައިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކުރިން މަސްވެރިކަން ދޫކޮށް އެހެނިހެން ދާއިރާތަކަށް ބަދަލުވެފައިވާ ގިނަ ބަޔަކު މިހާރު ވަނީ އަނބުރާ މަސްވެރިކަމުގެ ފަންނަށް އައިސްފައެވެ.
- މަސްވެރިކަން ރަސްމީ ފަންނެއްގެ ގޮތުގައި ޤަބޫލުކުރުމާއި، މާލީ އިދާރާތަކުން މަސްވެރިންނަށް ޚާއްޞަ ލޯނު އަދި ކްރެޑިޓް ސްކީމްތައް ތަޢާރަފުކުރުން
- ސަރުކާރުން ވަނީ ކޮންމެ އަތޮޅެއްގައި އެ.ސް.ޓީ.އޯ މެދުވެރިކޮށް އަތްފޯރާ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ ޤައުމީ މަޝްރޫޢެއް ފެށުން
އެކަށައަޅާފައިވާ ސަރަޙައްދުތަކުގައި އެސްޓީއޯ މެދުވެރިކޮށް، ތެޔޮ ފޯރުކޮށްދިނުމުގެ ޤައުމީ މަޝްރޫޢު ވަނީ ފަށާފައެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް އަގުބޮޑުކޮށް ތެޔޮ ވިއްކާ އަމިއްލަ ފަރާތްތަކަށް ބަރޯސާނުވެ، ގެއާ ކައިރިން ތެޔޮ އެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އެސް.ޓީ.އޯ އިން ތެޔޮ ބެހުމުގެ ޚިދުމަތް ފެށުމާއެކު، ވާދަވެރި މާޙައުލެއް އުފެދި، މުޅި ބާޒާރުގައި އަގުތައް ތިރިވެ، މަސްވެރިންގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް މަގުފަހިވެގެންދާނެއެވެ.
- 18 އައު ތަނެއްގައި ކަނޑުފަތީގެ ވަސީލަތްތައް ޤާއިމުކުރުމާއި، ކުރިން ގެއްލުންވެފައިވާ 21 ތަނެއް އަލުން އާރާސްތުކުރުން
- މަސްވެރިކަމުގެ ދާއިރާއަށް ބޭނުންވާ ތަޢުލީމީ ކުރިއެރުން ހޯދުން
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ގުޅިގެން އަލަށް ޤާއިމުކުރެވުނު މޯލްޑިވްސް ކޮލެޖް ފޮރ އޯޝަން އެންޑް ފިޝަރީ ސައިންސަސް މެދުވެރިކޮށް ތަޢުލީމީ ދާއިރާއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވެމުންދެއެވެ. ދަރިވަރުންނަށް ފިޝަރީޒް މެނޭޖްމަންޓްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި 45 ސްކޮލަރޝިޕް ވަނީ ޚާއްޞަކުރެވިފައެވެ. މި މަސައްކަތްތަކުގެ މައިގަނޑު އަމާޒަކީ ޤައުމުގެ އިޤްތިޞާދީ މަޞްލަޙަތުތައް ކުރިއެރުވުމާއެކު، ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމުގެ ހުނަރު ލިބިފައިވާ މަސްވެރިކަމުގެ ދާއިރާގެ ޕްރޮފެޝަނަލުންގެ އާ ޖީލެއް އުފެއްދުމެވެ.
މިބަދަލުތަކުން ޙާސިލްކުރެވުނު ކަންތައްތައް
- 2024 އަހަރުގެ ފުރަތަމަ ކުއާޓާގައި ކިރުވާފައިވަނީ 23،644.2 މެޓްރިކްޓަނުގެ މަހެވެ. މި އަހަރުގެ އެ މުއްދަތުގައި 24،902 މެޓްރިކްޓަނުގެ މަސް ކިރުވާފައިވެއެވެ. ހާއްސަކޮށް ކަޅުބިލަމަސް ކިރުވި މިންވަރު އިތުރުވިކަން ހިސާބުތަކުން ދައްކައެވެ. އެގޮތުން 2024 އަހަރު ކިރުވާފައިވަނީ 19،900.1 މެޓްރިކްޓަނުގެ ކަޅުބިލަމަހެވެ. މި އަހަރު ކަޅުބިލަމަސް ކިރުވި މިންވަރު9 އިންސައްތަ އިތުރުވިއެވެ. މިއީ 21،269.2 މެޓްރިކްޓަނެވެ.
- މަސް ކިރުވި މިންވަރުގެ އިތުރަށް މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރި މިންވަރުވެސް މި އަހަރު އިތުރުވިއެވެ. އެގޮތުން ނިމުނު އަހަރުގެ ފުރަތަމަ ތިން މަހު އެކްސްޕޯޓުކުރީ 14،259.9 މެޓްރިކްޓަނުގެ މަހެވެ. މި އަހަރު51.5 އިންސައްތައަށް އިތުރުވެ، 21،599.4 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓުކުރިއެވެ.
- ކަޅުބިލަމަހުގެ އެކްސްޕޯޓަށް ނިމުނު އަހަރަށް ބަލާއިރު 9،1017.1 މެޓްރިކްޓަނުގެ ކަޅުބިލަމަސްވަނީ އެކްސްޕޯޓްކޮށްފައެވެ. މި އަހަރު9 އިންސައްތައިގެ ކުރިއެރުމާއެކު 16،323.4 މެޓްރިކްޓަނުގެ ކަޅުބިލަމަސް ބޭރުކޮށްފައިވެއެވެ. ބޮޑުކަންނެލީގެ އެކްސްޕޯޓުވެސް 5.2 އިންސައްތަ އިތުރުވެފައިވާކަން ހިސާބުތަކުން ދައްކައެވެ. ނިމުނު އަހަރު 2،899.9 މެޓްރިކްޓަނުގެ ބޮޑުކަންނެލި އެކްސްޕޯޓުކުރިއިރު، 3،250.1 މެޓްރިކްޓަނުގެ ބޮޑުކަންނެލި މި އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓުކުރިއެވެ.
- ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރެސްކިއު ޑައިވަރ ޕްރޮގްރާމް ތަޢާރަފުކުރުން: މިހާތަނަށް 56 އުޅަނދަކުން 56 ޑައިވަރުން ވަނީ ތަމްރީނުކުރެވިފައި.
- ފައިސާގެ ގޮތުން ބަލާއިރު ނިމުނު އަހަރުގެ ފުރަތަމަ ކުއާޓާގައި އެކްސްޕޯޓުކޮށްފައިވަނީ1 މިލިއަން ޑޮލަރު ނުވަތަ 433.3 މިލިއަން ރުފިޔާގެ މަހާއި މަހުގެ އުފެއްދުންތަކެވެ. މި އަހަރު ބޭރުކުރި މަހާއި މަހުގެ އުފެއްދުންތަކުގެ އަގު 22.3 އިންސައްތައިގެ ކުރިއެރުމާއި އެކު 34.3 މިލިއަން ޑޮލަރަށް ނުވަތަ 528.9 މިލިއަން ރުފިޔާއަށް އަރައެވެ.
މަސްވެރިންގެ އިތުބާރު އަލުން ހޯދައިދިނުމަށް ސަރުކާރުން ނިންމި ނިންމުންތަކާމެދު މަސްވެރިންގެ ތައުރީފް
- މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، މަސްވެރިންގެ އިތުބާރު އަލުން ހޯދައިދިނުމަށް ސަރުކާރުން ނިންމި ނިންމުންތަކާމެދު މަސްވެރިން ވަނީ ތައުރީފް ކުރައްވައިފައެވެ.
- މަޝްރޫޢުތައް އެކުލަވާލެވިފައިވަނީ މަސްވެރިންނާއެކު ބާއްވާ ރަސްމީ މަޝްވަރާ ބައްދަލުވުންތަކުގައި ފާހަގަކުރެވުނު ގޮންޖެހުންތަކާއި ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށްގެންނެވެ.
- މަސްވެރިކަމުގެ އުފެއްދުންތެރިކަމާއި އަގު އިތުރުކުރުމުގެ ލަނޑުދަނޑިތަކާއެކު، ގިނަ އަތޮޅުތަކެއްގައި މުހިންމު މަޝްރޫޢުތަކެއް މިހާރުވެސް ވަނީ ތަންފީޛުކުރަން ފަށާފައެވެ.
އައިސް ޕްލާންޓް ޤާއިމުކުރުމާއި މަސް ޕްރޮސެސްކުރުން:
- ކަޅުބިލަމަހުގެ ރައްކާކުރުމުގެ ޖާގަ: މިހާރު ހުރި 9,600 ޓަނުގެ ޖާގަ، ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި 25,000 ޓަނަށް އިތުރުކުރުމަށް ރޭވިފައިވެއެވެ.
- މަސް ޕްރޮސެސްކުރުން: 115 ޓަނުން 365 ޓަނަށް އިތުރުކުރެވި، އުފެއްދުންތެރިކަން ތިން ގުނައަށްވުރެ އިތުރުވާނެކަމަށް ލަފާކުރެވެއެވެ.
- އިންފްރާސްޓްރަކްޗަރ ފުޅާކުރުމަށް ތަފާތު މަޝްރޫޢުތައް އެކި ރަށްރަށުގައި މިހާރު ވަނީ ފެށިފައެވެ. މިގޮތުން، ގ.ދ. ތިނަދޫގައި މި އަހަރު ތެރޭގައި އައިސް ޕްލާނޓް ނިންމުމަށް ހަމަޖެހިފައިވެއެވެ. ހަމަ އެއާއެކު ޅ. ފެލިވަރު، ގދ. ފިޔޮރީ، ފ. ނިލަންދޫ، ޏ. ފުވައްމުލައް، ގއ. ކޫއްޑޫ، ހއ. އިހަވަންދޫ އަދި ކ. ހުޅުމާލޭގައި ވަނީ ގުދަނަކާއެކު ފުރިހަމަ ޕްރޮސެސިންގ ފެސިލިޓީގެ ނިޒާމްތައް ހަމަގެއްދުމައް މަސަތްކަތް ކުރަމުންނެވެ.
މަސްވެރިކަމުގެ ދާއިރާގައި ޙާޞިލުކުރެވުނު، މަސްވެރިންގެ ތައުރީފު ލިބިފައިވާ ކުރިއެރުންތައް:
- ސަރުކާރުގެ ފަރާތުން އައިސްޕްލާންޓުތަކުގެ އުފެއްދުންތެރިކަން 600 ޓަނަށް އިތުރުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ރޭވިފައެވެ.
- މަސްވެރި އުޅަނދުފަހަރުގައި އާރް.އެސް.ޑަބްލިއު ނިޒާމު ތަޢާރަފުކުރުމަށްޓަކައި މަސްވެރިންނަށް ޚާއްޞަ ލޯނު ސްކީމެއް ވަނީ ތަޢާރަފުކުރެވިފައެވެ.
- މަސްވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މާލީ ބުރައަކުން ލުޔެއް ހޯދައިދިނުމަށްޓަކައި، ސަރުކާރުން ވަނީ ކޮންމެ އަތޮޅެއްގައި އެ.ސް.ޓީ.އޯ މެދުވެރިކޮށް އަތްފޯރާ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ ޤައުމީ މަޝްރޫޢެއް ފަށާފައެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ތެޔޮ ލިބޭނެ ގޮތާއި އަގު އެއްގޮތްކުރުމެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް އަގުބޮޑުކޮށް ތެޔޮ ވިއްކާ އަމިއްލަ ފަރާތްތަކަށް ބަރޯސާނުވެ، ގެއާ ކައިރިން ތެޔޮ އެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އެސް.ޓީ.އޯ އިން ތެޔޮ ބެހުމުގެ ޚިދުމަތް ފެށުމާއެކު، ވާދަވެރި މާޙައުލެއް އުފެދި، މުޅި ބާޒާރުގައި އަގުތައް ތިރިވެ، މަސްވެރިންގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް މަގުފަހިވެގެންދާނެކަމަށް ލަފާކުރެވެއެވެ.
- ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ގުޅިގެން އަލަށް ޤާއިމުކުރެވުނު މޯލްޑިވްސް ކޮލެޖް ފޮރ އޯޝަން އެންޑް ފިޝަރީ ސައިންސަސް މެދުވެރިކޮށް ތަޢުލީމީ ދާއިރާއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވެމުންދެއެވެ. މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި 45 ސްކޮލަރޝިޕް ވަނީ ޚާއްޞަކުރެވިފައެވެ. މިކަމުގެ ސަބަބުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ތަރައްޤީވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރައިގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.
މިބަދަލުތަކުން ޙާސިލްކުރެވުނު ކަންތައްތައް
- 2024 އަހަރުގެ ފުރަތަމަ ކުއާޓާގައި ކިރުވާފައިވަނީ 23،644.2 މެޓްރިކްޓަނުގެ މަހެވެ. މި އަހަރުގެ އެ މުއްދަތުގައި 24،902 މެޓްރިކްޓަނުގެ މަސް ކިރުވާފައިވެއެވެ. ހާއްސަކޮށް ކަޅުބިލަމަސް ކިރުވި މިންވަރު އިތުރުވިކަން ހިސާބުތަކުން ދައްކައެވެ. އެގޮތުން 2024 އަހަރު ކިރުވާފައިވަނީ 19،900.1 މެޓްރިކްޓަނުގެ ކަޅުބިލަމަހެވެ. މި އަހަރު ކަޅުބިލަމަސް ކިރުވި މިންވަރު9 އިންސައްތަ އިތުރުވިއެވެ. މިއީ 21،269.2 މެޓްރިކްޓަނެވެ.
- މަސް ކިރުވި މިންވަރުގެ އިތުރަށް މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރި މިންވަރުވެސް މި އަހަރު އިތުރުވިއެވެ. އެގޮތުން ނިމުނު އަހަރުގެ ފުރަތަމަ ތިން މަހު އެކްސްޕޯޓުކުރީ 14،259.9 މެޓްރިކްޓަނުގެ މަހެވެ. މި އަހަރު51.5 އިންސައްތައަށް އިތުރުވެ، 21،599.4 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓުކުރިއެވެ.
- ކަޅުބިލަމަހުގެ އެކްސްޕޯޓަށް ނިމުނު އަހަރައް ބަލާއިރު 9،1017.1 މެޓްރިކްޓަނުގެ ކަޅުބިލަމަސްވަނީ އެކްސްޕޯޓްކޮއްފައެވެ. މި އަހަރު9 އިންސައްތައިގެ ކުރިއެރުމާއެކު 16،323.4 މެޓްރިކްޓަނުގެ ކަޅުބިލަމަސް ބޭރުކޮށްފައިވެއެވެ. ބޮޑުކަންނެލީގެ އެކްސްޕޯޓުވެސް 5.2 އިންސައްތަ އިތުރުވެފައިވާކަން ހިސާބުތަކުން ދައްކައެވެ. ނިމުނު އަހަރު 2،899.9 މެޓްރިކްޓަނުގެ ބޮޑުކަންނެލި އެކްސްޕޯޓުކުރިއިރު، 3،250.1 މެޓްރިކްޓަނުގެ ބޮޑުކަންނެލި މި އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓުކުރިއެވެ.
- ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރެސްކިއު ޑައިވަރ ޕްރޮގްރާމް ތަޢާރަފުކުރުން: މިހާތަނަށް 56 އުޅަނދަކުން 56 ޑައިވަރުން ވަނީ ތަމްރީނުކުރެވިފައި.
- ފައިސާގެ ގޮތުން ބަލާއިރު ނިމުނު އަހަރުގެ ފުރަތަމަ ކުއާޓާގައި އެކްސްޕޯޓުކޮށްފައިވަނީ1 މިލިއަން ޑޮލަރު ނުވަތަ 433.3 މިލިއަން ރުފިޔާގެ މަހާއި މަހުގެ އުފެއްދުންތަކެވެ. މި އަހަރު ބޭރުކުރި މަހާއި މަހުގެ އުފެއްދުންތަކުގެ އަގު 22.3 އިންސައްތައިގެ ކުރިއެރުމާއި އެކު 34.3 މިލިއަން ޑޮލަރަށް ނުވަތަ 528.9 މިލިއަން ރުފިޔާއަށް އަރައެވެ.

