ވައިގެެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
އިންކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވައިގެެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެއްޗަކީ ނިމިދިޔަ އޭޕްރީލް 27 ވަނަ ދުވަހު ކުރިއަރ މެދުވެރިކޮން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ފެނިފައިވާ މަސްތުވާތަކެތި ކަމަށެވެ.
ކަސްޓަމްސް އިން ބުނީ ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން ކޮކެއިންއަށް ޕޮޒިޓިވްވި ކަމަށާއި، ބަރުދަނުގައި ޕެކިންއާ އެކު 1020 ގްރާމް ހުރި ކަމަށާއި، މަގުމަތީ އަގަކީ ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހާއި ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

