ދިވެހި ތާރީޚުގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމުގައިވާ އަލީ އަޝްފާގު، ދަގަނޑޭ އޭނާގެ ކުރީގެ ކްލަބް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އެނބުރި އައުމަށް ނިންމާފައިވާ ކަމަށް އެ ކުލަބުން ހާމަކޮށްފިއެވެ.
އެ ކްލަބްގެ މީސްމީޑިއާހެ އެކި މަންސަތަކުގައި “އަންނަނީ އަންނަނީ” އިބާރާތް ހިމަނައިގެން ކުރި ޕޯސްޓެއްގައި މިކަން ހާމަކޮށްފައިވާއިރު، އުމުރުން 39 އަހަރުގެ ދަގަނޑޭ އެނބުރި މިއުރޭޑިއަންޓަށް އައިސް އެ ކުލަބުގެ ޖޯޒީގައި ކުޅޭ މަންޒަރު ފެނިގެން ދިޔުމަކީ ނިއުރޭޑިއަންޓުގެ ސަޕޯޓަރުންގެ އެންމެ ބޮޑު އެއް އުންމީދެވެ.
އެންމެ ފަހުން ދަގަނޑޭ ފެނިގެން ދިޔައީ 2023 ވަނަ އަހަރު ބޭއްވުނު ޕްރެސިޑެންޓްސް ކަޕްގައި ސަސް ޖޯޒީގައެވެ.
ދަގަނޑޭ ވަނީ 5 އަހަރު ދުވަހު ކަކުލުގެ އަނިޔާއަކާ އެކުގައި ކުޅެމުން އައުމަށް ފަހު މީގެ ހަތް މަސް ކުރިން އިންޑިއާގައި ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ.
ދަގަނޑޭ ވަނީ މީގެ ކުރިން ގިނަ އަހަރުތަކެއް ވަންދެން ނިއުރޭޑިއަންޓަށް ކުޅެ، އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.
އޭނާ ވަނީ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު 98 މެޗުގައި 58 ގޯލު ޖަހާފައެވެ.
ނިއުރޭޑިއަންޓުން ވަނީ އަލުން ފުރަތަމަ ޑިވިޝަނަށް އައުމަށް މި އަހަރު ނިންމާފައެވެ.

