0-3 ގެ ނަތީޖާއަކުން ކައިސެރިސްޕޯ ބަލިކޮށް، ގަލަޓަސަރޭ ތުރުކީ ލީގް ކާމިޔާބުކޮށްފިއެވެ.
މެޗު ފެށިގެން ގިނަ ހަމަލާތަކެއް ގަލަޓަސަރޭއިން ކައިސެރިސްޕޯގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައިވާއިރު، މެޗުގެ 26 ވަނަ މިނެޓްގައި ކޯނަރަކުން އައި ބޯޅަ ގޯލަށް ފޮނުވާލައި، ވިކްޓާ އޮސިމްހެން ވަނީ ގަލަޓަސަރޭއަށް ލީޑު ނަގައިދީފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ޔިލްމާޒް ކާމިޔާބުކޮށްދިން ލަނޑާއެކު، ގަލަޓަސަރޭއިން މެޗުގެ ލީޑު އިތުރަށް ފުޅާކުރިއެވެ.
މެޗުގެ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ގެންގުޅެފައިވަނީ ގަލަޓަސަރޭއިންނެވެ. އެގޮތުން، މެޗުގެ 98 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާ ހޯދައިދިން ޕެނަލްޓީ، މުސްލެރާ ކާމިޔާބުކޮށްދީ، 3-0 ގެ ނަތީޖާއަކަށް ނަތީޖާ ބަދަލުކޮށްލިއެވެ.
ތުރުކީގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމު ކަމުގައި މިހާތަނަށް ވެފައިވަނީ ގަލަޓަސަރޭ އެވެ.
މި މޮޅާއެކު ގަލަޓަސަރޭ ވަނީ ޖޯޒީގައި 5 ތަރި ހަަމަކޮށްފައެވެ. މި ސީޒަންގައި އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗަކުން މޮޅުވެގެން ގަލަޓަސަރޭއަށް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު އަނެއްކާ ވެސް ލިބިގެންދާނެއެވެ.

