ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް މުލީގައި ހުޅުއްވައިދެއްވައިފިއެވެ.
ރައީސް މުލީ އެއާޕޯޓް ހުޅުއްވައިދެއްވީ މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސްގެ ކެބިނެޓް މިނިސްޓަރުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހިންގާ މުލި އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖެއްސީ މިދިޔަ މަހު 25 ގައެވެ. މުލީ އެއާޕޯޓަކީ ރާއްޖޭގައި ހުޅުވި 19 ވަނަ އެއާޕޯޓެވެ. އަދި 14 ވަނަ ޑޮމެސްޓިކް އެއާޕޯޓެވެ.
މޯލްޑިވިއަން އިން މި މަހު ވަނީ މި އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފަށައިފައެވެ. އެއީ ކޮންމެ ހޮނިހިރު ދުވަހު ބާއްވާ ފްލައިޓެކެވެ. މި ވަގުތު އެއްކޮޅު ޓިކެޓެއްގެ އަގަކީ ހުރިހާ ޓެކްސްއެއް ހިމަނައިގެން 999ރ. ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
މުލި އެއާޕޯޓުގެ މަޝްރޫއުގެ ނިންމާފައިވަނީ 14 ހެކްޓަރުގެ ބިންހިއްކައި، 1،812 މީޓަރު ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތްކޮށް، ޕެސެންޖާ ޓާމިނަލަކާ އެކު، 1،200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހަދާފައެވެ.

