2021 ވަނަ އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް މާމެންދޫ އިން މިފަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މުޅިން ތަފާތު ހަރަކާތެކެވެ.
ހުވަދޫ އަށް މައުލޫމާތު ދެމުން މާމެންދޫ ކައުންސިލް ގެ އޮފިޝަލަކު ބުނީ މި އަހަރު އެ ރަށުގައި ވެސް ވަރަށް ތަފާތު ކޮށް ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ތައްޔާރު ވަމުން ދާ ކަމަށާއި އެގޮތުން މިހާރު ވަނީ ކުޅިވަރު ތައް އެކުލަވާލާ އާންމު ކުރެވިފައި ކަމަށެވެ.
މާމެންދޫ ގައި ކުރިޔަށް ގެންދާ ހަރަކާތްތަކުގައި ހިމެނޭ ތަފާތު އެއް ކަމަކީ ދުވަހާ ގުޅުވައިގެން ބާއްވާ ކެއްކުމުގެ މުބާރާތެވެ.
ރަށު ސްޓޭޑިއަމް ސަރަހައްދު ގައި މިމަހު ގެ 22 ވަނަ ދުވަހު ބާއްވާ ކެއްކުމުގެ މުބާރާތުގައި ފުރުސަތު އޮތީ 10 ޓީމަށެވެ. ކޮންމެ ޓީމެއްގައި ހިމެނޭނީ 6 މީހުންނެވެ.
ކައުންސިލުން ވިދާޅުވީ ޓީމު ތައް ބައިވެރި ކުރުމުގައި ފުރުޞަތު އޮތީ އަންހެން 5 ޓީމު އަދި ފިރިހެން 5 ޓީމަށްކަމަށާއި ވަނަ ވަނަ އަށްދާ ޓީމު ތަކަށް ފައިސާގެ އިނާމުތައް ހުށަހެޅިފައިވާ ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ސުން ގަޑި އަކީ 21 އޮކްޓޫބަރު ގެ ހަވީރި 6 ޖަހާިއިރެވެ.
މާމެންދޫގައި ޒުވާނުން ދުވަސް ފާހަގަ ކުރުމަށް ދެން ބާއްވަން ރޭވިފައިވާ އެންމެ ބޮޑު ހަރަކާތަކީ އެރަށުގެ ގޮނޑުދޮށް ސާފުކުރުމެވެ. 22 ވަނަ ދުވަހު ގެ ހެނދުނު 7 ޖަހާއިރު ފަށާ މި ހަރަކާތްތަކުގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިވުމަކީ މާމެންދޫ ކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ.

