“ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން” އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފަރާތުން ކަސްޓަމަރުންނާއި ހޯލްސޭލް ވިޔަފާރިތަކަށް ހާއްސަކޮށްގެން ތިން ޕްރޮމޯޝަނެއް ތައާރަފު ކޮށްފިއެވެ.
އެ ކުންފުނިން ބުނީ މި ޕްރޮމޯޝަންތަކަކީ ރެސްޓޯރެންޓް އަދި ކެފޭތަކަށާއި، ހޯލްސޭލް ކަސްޓަމަރުންނަށް އަދި އެޕަރޓްމެންޓް ބަދަލުވާ ފަރާތްތަކަށް ހާއްސަކޮށްގެން ފެށި ޕްރޮމޯޝަންތަކެއް ކަމަށެވެ.
ރެސްޓޯރެންޓް އަދި ކެފޭތަކަށް ޙާއްސަ ޕްރޮމޯޝަންގެ ތެރޭގައި
- ޕްރޮމޯޝަން ކުރިއަށްދާނީ 3 މަހަށް
- ޕްރޮމޯޝަނަށް ހާއްސަ ފޯމު ފުރާލުމުން ރެސްޓޯރެންޓްތަކާއި ކެފޭތަކަށް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ
- ޕްރޮމޯޝަންގައި އެންމެ ގިނައިން ވިޔަފާރިކުރާ ތަނަކަށް 150،000ރ.ގެ ކްރެޑިޓް
- 2 ވަނަ އިނާމު – 100،000ރ.ގެ ކްރެޑިޓް
- 3 ވަނަ އިނާމު – 75،000ރ.ގެ ކްރެޑިޓް
- ބާކީ 7 ތަނަށް – 50،000ރ.ގެ ކްރެޑިޓް
މި ޕްރޮމޯޝަންވެސް ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުން ކުރައްވާ ވިޔަފާރިތަކަށެވެ.
ހޯލްސޭލްކޮށް ވިޔަފާރިކުރައްވާ ކަސްޓަމަރުންނަށް ވެސް ހާއްސަ މި ޕްރޮމޯޝަންގެ ސަބަބުން ފަސޭހަ ކްރެޑިޓް ފެސިލިޓީ އަދި އެޖެންޓަކަށްވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިގޮތަށް ކްރެޑިޓަށް މުދާ ނަންގަވައިގެން އަދި އެޖެންޓު ގޮތުގައި ވިޔަފާރި ކުރައްވައިގެން ގުރުއަތުން ހޮވޭ 3 ފަރާތަކަށް 1 ވަނަ އިނާމަކަށް 100،000 (އެއް ލައްކަ) ރުފިޔާގެ ކްރެޑިޓް، 2 ވަނަ އިނާމަކަށް 75،000 (ހަތްދިހަ ފަސް ހާސް) ރުފިޔާގެ ކްރެޑިޓް އަދި 3 ވަނަ އިނާމަކަށް 50،000 (ފަންސާސް ހާސް) ރުފިޔާގެ ކްރެޑިޓް ދިނުމަށްވަނީ ނިންމާފަ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ ހޯލްސޭލް ސެންޓަރުތަކުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯ އިން ބުނެފައިވަނީ އެޕާރޓްމެންޓް އޮފާ ހާއްސަ ކުރެވިފައިވަނީ ހުޅުމާލެ އަދި މާލޭގައި ހަދަމުންދާ އެޕާރޓުމަންޓުތަކަށް ބަދަލުވާ ފަރާތްތަކަށް ކަމަށެވެ. މި އޮފާގައި ހިމެނޭނީ އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ވިއްކާ ހޯމް އެޕްލަޔަންސް ގެ ބާވަތްތަކެވެ.
އެ ގޮތުން 15،000-25،000 ރުފިޔާއާ ދެމެދު ވިޔަފާރި ކުރައްވާ ފަރާތްތަކަށް 12 ޕަސެންޓްގެ ޑިސްކައުންޓް، 25،000-35،000 ރުފިޔާއާ ދެމެދު ވިޔަފާރި ކުރައްވާ ފަރާތްތަކަށް 15 ޕަސެންޓްގެ ޑިސްކައުންޓް އަދި 35،000 ރުފިޔާ އިން މަތިން ވިޔަފާރި ކުރައްވާ ފަރާތްތަކަށް 18 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ.

