އޭޝިއާގެ ގިނަ ގައުމުތަކެއްގައި ކޮވިޑް-19 އަލުން ފެތުރެން ފަށައިފިކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ހޮންކޮންގް، ސިންގަޕޫރު، ޗައިނާ އަދި ތައިލެންޑްގައި ކޮވިޑް ފެތުރެމުންދާއިރު، ނިމިދިޔަ ހަފްތާގައި ހޮންކޮންގުން ކޮވިޑްގެ 31 ކޭސް ރިޕޯޓުކޮށްފައިވެއެވެ.
އިރުދެކުނު އޭޝިއާގެ ބައެއް ހިސާބުތަކަށް ކޮވިޑް-19ގެ އާ ރާޅެއް ފެތުރެމުންދާއިރު، ހޮންކޮންގް އަދި ސިންގަޕޫރު ފަދަ ގައުމުތަކުގައި ކޮވިޑް-19ގެ ކޭސްތައް ކުއްލިއަކަށް އިތުރުވަމުންދެއެވެ. ހަމައެއާއެކު، ޗައިނާ އާއި ތައިލެންޑުގައި ވެސް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ. ފާހަގަކޮށްލެވޭ ކަމަކީ ސިންގަޕޫރުގައި ފާއިތުވި ރިޕޯޓްކުރާ ކޭސްތަކުގެ އަދަދު 28 އިންސައްތަ އިތުރުވެފައިވާއިރު، މެއި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް 14،200 ކޮވިޑް ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
އޭޕްރީލް މަހު އޮތް ސޮންގްކްރާން ފެސްޓިވަލަށް ފަހު ތައިލެންޑުންވެސް ވަނީ ކޭސްތައް އިތުރުވެފަ އެވެ.
އޮމިކްރޮން ވެރިއަންޓްގެ ސަބް-ވެރިއަންޓެއް ކަމަށްވާ މި ވޭރިއަންޓަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ވަނީ “ވެރިއަންޓް އޮފް އިންޓްރެސްޓް” ގެ ގޮތުގައި ނަން ދީފައެވެ.
އަދި، ހޮންކޮން، ސިންގަޕޫރު، ޗައިނާ އަދި ތައިލެންޑްގެ ސިއްހީ އިދާރާތަކުން ވަނީ ރައްޔިތުންނަށް ކޮވިޑްގެ ބޫސްޓަރ ޑޯޒް އަލުން ޖެހުމަށް އިލްތިމާސްކޮށްފައެވެ.

