ޝާހްރުކް ޚާންގެ އާ ފިލްމު “ކިންގް” ގެ ޝޫޓިން މުމްބާއީގައި ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި”ކިންގް” ގެ ޝޫޓިން މިއަދު ފަށާފައިވާއިރު، ޝާހްރުކް އާއި ކްރޫއާ ނުގުޅޭ ކަމަށާއި އޭނަ ވަރަށް އަވަހަށް ފިލްމުގެ ޝޫޓިން އަށް ނުކުންނާނެ ކަމަށެވެ.
މި ފިލްމުން ޝާހްރުކްގެ އަންހެން ދަރިފުޅު ސުހާނާ ޚާން މުހިންމު ރޯލަކުން ފެނިގެންދާއިރު، “ކިންގް” އަކީ ސުހާނާގެ ދެވަނަ ފިލްމެވެ. އޭނަގެ ފުރަތަމަ ފިލްމަކީ 2023 ވަނަ އަހަރު ނެރުނު “ދި އާޗީސް” އެވެ.
ކިންގް” ގެ ކާސްޓްގެ ތެރޭގައި ދީޕިކާ ޕަދްކޯން، އަބީޝެކް ބައްޗަން، ރާނީ މުކަރްޖީ، އަނިލް ކަޕޫރް، އަރުޝަދު ވަރްސީ، ޖެކީ ޝްރޮފްގެ އިތުރުން ޒުވާން އެކްޓަރ އަބޭ ވަރުމާ ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

