މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ ވަފުދަކާ ބައްދަލުކުރައްވައި، ކުރިއަށް އޮތް ސީޒަނުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ލިވަޕޫލް އެފްސީއާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކޮށް، އެ ކްލަބުގެ މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. މީގެ އިތުރުން، ލިވަޕޫލް އެފްސީގެ "ދަ ރެޑް ވޭ" އިނިޝިއޭޓިވްގެ ދަށުން ރާއްޖޭގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.
ބައްދަލުވުމަށްފަހު މިނިސްޓަރ ވިދާޅުވީ، "ލިވަޕޫލް އެފްސީގެ ވަފުދާއެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު. ކުރިއަށް އޮތް ސީޒަނުގައި އަޅުގަނޑުމެން ގުޅިގެން ކުރާނެ މަސައްކަތްތަކާ ބެހޭގޮތުން ވަރަށްފުޅާކޮށް މަޝްވަރާކުރެވުނުކަމަށް އަދި އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހުނު." ކަމަށެެވެ.
‘ދަ ރެޑް ވޭ، އިނިޝިއޭޓިވްގެ ދަށުން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ލިވަޕޫލް އެފްސީއާއެކު މަސައްކަތްކުރުމަށް ވަރަށް ބޮޑަށް އުފާވޭ. #sunnysideoflife" މިފަދައިންނެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއްކަމަށް ބެލެވެއެވެ.

