ގްރީސްގެ ކްރީޓްގެ އައްސޭރިފަށަށް 6.1 މެގްނިޓިއުޑްގައި އައި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ދީފިއެވެ.
ގްރީސްގެ ކްރީޓް ޖަޒީރާގެ އުތުރުން މި ބިންހެލުން އައިސްފައި ވަނީ ބުރާސްފަތި ދުވަހު ރާއްޖޭ ގަޑިން ހެނދުނު 8:49 (ޖީއެމްޓީ ހެނދުނު 5:49) ގައެވެ.
ޔޫރަޕިއަން-މެޑިޓެރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ވަނީ ސުނާމީގެ އިންޒާރު ދީ، ގްރީސް، ތުރުކީ، އިޓަލީ، ފްރާންސް އަދި ޕޯޗުގަލްގެ މީހުން އެމީހުންގެ ލޯކަލް އޮތޯރިޓީތަކަށް ރިފަރކޮށް ސުނާމީ އާއި ބެހޭ އަޕްޑޭޓްތައް ހޯދުމަށް އިލްތިމާސްކޮށްފައެެވެ.
ބިންހެލުމާއި ގުޅިގެން ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވި ނަމަވެސް ގްރީސްގެ ފަޔާ ބްރިގޭޑުން ބުނީ ކްރީޓް ހުރަސްކޮށް އެގައުމުގެ ހުރިހާ ބާރުތަކެއް ހައި އެލާޓްގައި ތިބި ކަމަށެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ގްރީސްގެ ދެކުނު އައްސޭރީގައި އޮންނަ ކަސޯސް ޖަޒީރާ ކައިރިއަށްވެސް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވެއެވެ. ކްރީޓާއި އޭގެ ވަށައިގެންވާ ސަރަހައްދަކީ ޔޫރަޕްގެ އެންމެ ބިންހެލުން އަންނަ އެއް ސަރަހައްދުގެ ގޮތުގައި ޒަމާނުއްސުރެ މަޝްހޫރު ސަރަހައްދެކެވެ.

