ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައިފިއެވެ.
މި ދެ މަޤާމު ހުސްވީ މި މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ފާސްކުރުމާ ގުޅިގެންނެވެ.
ޖޭއެސްސީ އިން ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް ފުރުސަތު ހުޅުވާލީ މިއަދު މެންދުރު 12:00ގެ ނިޔަލަށެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ:
- ހައިކޯޓުގެ އިސް ފަނޑިޔާރު މުހައްމަދު ފައިސަލް
- ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް
- ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު
- ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
- ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު
- ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް
- ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާގިބް އަހުމަދު
- ސިވިލް ކޯޓުގެ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތު
- ކުރީގެ އެސިސްޓެންޓް ފްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒުނާ އަހުމަދު
- ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް
- ގ. އަންމޯލް، އިބްރާހީމް އަލީ
- ގއ. ކޮނޑޭ، ދާރުއްސަލާމް، މުހައްމަދު އިބްރާހީމް
އެ މުއްދަތުގައި މަގާމަށް މި 12 ބޭފުޅުން ކުރިމަތިލެއްވިއިރު، އޭގެ ތެރޭގައި މިހާރުވެސް ކޯޓުތަކުގައި ފަނޑިޔާރުންގެ ގޮތުގައި އައްޔަން ކުރައްްވާފައިވާ ފަނޑިޔާރުންނާއި ކުރީގެ ފަނޑިޔާރުންވެސް ހިމެނެއެވެ.

