ަގދ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން، މުޅި އަތޮޅަށް ހުޅުވާލައިގެން 16 އަހަރުން ދަށުގެ ފިރިހެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ގދ.އަތޮޅު އަތޮޅު ކައުންސިލު އިދާރާއިން ކޮށްފައިވާ އިއުލާނުގައި ވާގޮތުން، ޖުލައި މަހުގެ 26 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ގދ.އަތޮޅުގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެއް ޓީމަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޗެންޕިއަން ޓީމަށް 25،000 އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާ މި މުބާރާތަކީ މުޅި އަތޮޅަށް ހުޅުވާލައިގެން މިގޮތަށް ބޭއްވޭ ފުރަތަމަ މުބާރާތްކަން ފާހަގަކޮށްލެވެއެވެ.
ަގދ. އަތޮޅު ކައުންސިލުން އެންމެ ފަހުން ބޭއްވީ ވިލިނގިލީގައި ބޭއްވުނު ވޮލީ މުބާރާތެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި، ަގދ. އަތޮޅު ކައުންސިލުން ބާއްވާ މި ފަދަ މުބާރާތްތަކަށް ބޮޑެތި ތަރުހީބެއް ލިބެމުން އަންނައިރު، މުޅި ރާއްޖެއަށް ހުޅުވާލައިގެން ތިނަދޫގައި ބޭއްވުނު ައެތްލެޓިކްސް މުބާރާތް ފާހަގަކޮށްލެވެއެވެ.
މުބާރާތަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދެނީ ގދ. އަތޮޅު ޒޯނުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ސްޕޯޓްސް މިނިސްޓްރީގެ މުވައްޒަފުންނެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޖޫން 22 ވަނަ ދުވަހުގެ 14:00ގެ ކުރިން https://forms.office.com/r/q2796p3hjs ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް ގދ. އަތޮޅު ކައުންސިލުން އެދިފައިވާއިރު، ކޮންމެ ރަށަކުންވެސް ޓީމް ބައިވެރިކުރެވޭނީ އެރަށެއްގެ ކައުންސިލް ނުވަތަ ޖަމިއްޔާއެއް މެދުވެރިކޮށެވެ.
ހަމައެއާއެކު، މުބާރާތާއި ބެހޭ އިތުރު މައުލޫމާތެއް ސާފު ކުރެއްވުމަށް 7474232 ނަންބަރ ފޯނަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށްވެސް އެއިދާރާ އިން އެދިފައިވެއެވެ.

