ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު އާންމުންނަށް ހުޅުވާލުމަށް މިރޭ ހުޅުމާލޭގައި ހަވާއަރުވަން ނިންމައިފިއެވެ.
ރޭ 8:30ގައި މައުރަޒު ހުޅުވުން ކުރިއަށް ގެންދާއިރު، 11:00އާ ހަމައަށް މައުރަޒު ހުޅުވާލެވިފައިވާއިރު، ހަވާއެރުވުން އޮންނާނީ މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މަޢުރަޒު އިންތިޒާމްކޮށް ކުރިއަށް ގެންދަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މަޢުރަޒެވެ.
މިމަހުގެ 31 އާ ހަމައަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 11:00އަށް މި މައުރަޒް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު 20 މޭ 2024ގައެވެ.
މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބޭއްވޭ މައުރަޒެކެވެ.

