ހުއްދަނެތި ޑްރޯން އެރުވި ނޫސްވެރިއަކަށް އަނިޔާކޮށްފައިވާ ނުވާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ، މިމަހު 22 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީ، ނިކަގަސްމަގު ބީޗް ސަރަހައްދުގައި މީހަކުޑްރޯން އަރުވާތީ ހުއްދަ އޮތްތޯ އެސަރަހައްދު ގައި ހަރަކާތްތެރިވި ފުލުހުން އެމީހާ އާ ސުވާލުކުރުމުން މައިލޫމާތުދިނުމަށާއި އަދި ހުއްދަ ދައްކަން ނުޖެހޭނެކަމަށް ބުނެ ހަޑި ހުތުރު ބަހުން ވާހަކަ ދައްކައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލާގެ ތުހުމަތުގައި ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން އަށް އެމީހާ ގެނެވި ސުވާލުކުރެވިފައިވާކަމަށާއި އަދި ޑްރޯން އެރުވުމުގެ ހުއްދަނެތި ޑްރޯން އެރުވުމުން ނަސޭހަތްރެރި ވެފައިވާކަމަށެވެ.
އަދި ޑްރޯން އެރުވުމުގެ ހުއްދަ ނެތި އެރުވުމުން ނަސޭހަތްވެސް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި އަންނަނީ ފުލުހުން އަނިޔާ ކުރި ކަމަށް ވާހަކަތައް ދެކެވި، ތުހުމަތުތައް ކުރަމުންނެވެ. ފުލުހުން އަނިކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވަނީ ވަން އޮންލައިން ގައި މަލްޓި މީޑިއާ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ހަމްދާން އަހުމަދެވެ.
މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ހަމްދާންއަށް ފުލުހުން އަނިޔާކުރިކަމަށް ތުހުމަތުކުރާތީ އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި، މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

