އަތާއި ފައި ދުޅަވުމަކީ ބައެއްފަހަރު ގިނަ ވަގުތު އިށީނދެ އިނުމުންވެސް ދިމާވެދާނެ މައްސަލައެކެވެ. އަދި އެހެން މައްސަލައަކުން ވިޔަސް އަތާއި ފައި ދުޅަވެދާނެއެވެ. އާންމުގޮތެއްގައި ފުރަތަމަ ދުޅަވާން ފަށަނީ ފައިންނެވެ. އަދި ފައި ދުޅަވުމަކީ ވަރަށްވެސް ގިނައިން ދިމާވާ ކަމެކެވެ. ހަމައެހެންމެ ފަޔާއެކު އަތް ދުޅަވުންވެސް ދިމާވެއެވެ. މުހިންމު ޕޮއިންޓަކީ މިގޮތަށް އަތާއި ފައި ދުޅަވުމަކީ ފަރުވާވެ ސަމާލުކަން ދޭން ޖެހޭނެ ކަމެއްކަން ދެނެގަތުމެވެ. މިގޮތަށް ދުޅަ ވަނީ ހަށިގަނޑުގައި ފްލުއިޑްސް، (މިގޮޮޮތަށް ދިޔަ ހެދުމަށް ފެން ފެނޭ ވެސް ކިއިދާނެއެވެ) ފެން ފެން ހިފެފެހެއްޓުމުގެ ސަބަބުން، ލޭ ދައުރުވުން ރަނގަޅު ނުވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މީގެ އިތުރުން، ލޮނު ގިނައިން ބޭނުންކުރުމަކީވެސް މިފަދަ މައްސަލަތައް ދިމާވުމަށް މެދުވެރިވާ ސަބަބެކެވެ. އަދި ދިގު މުއްދަތަކަށް ކޮޅަށް ހުރުމާއި އިށީނދެ އިނުމުގެ ސަބަބުންވެސް މިކަން ދިމާވެއެވެ. މިކަން ފަރުވާނުކޮށް ދޫކޮށްލައިފިނަމަ، ދާއިމީކޮށް ދިމާވާ ދިމާވުމަކަށްވެ، އުނދަގޫތަކާއި ދިގު މުއްދަތުގެ ސިއްހީ މައްސަލަތަކަށް މަގުފަހިވެދާނެއެވެ.
މިގޮތަށް އަތާއި ފައި ނުވަތަ ފައި އެކަނިވިޔަސް އަދި އަތް އެކަނިވިޔަސް ދުޅަވާނަމަ ބޭނުން ކުރެވިދާނެ ބުއިމެއް މިއަދުގެ ފަތިސްތަރީގައި ގެނެސްދޭނަމެވެ.
ޕާސްލީ ފެނުގެ ބުއިން
ޕާސްލީ ސަޔަކީ ގުދުރަތީގޮތުން ހަށިގަނޑުން ފެންބޭރުކުރުމަށް އެހީތެރިވެދޭ ބުއިމެކެވެ.
ޕާސްލީގައި ހިމެނޭ ޑައިއުރެޓިކް ޚާއްޞިއްޔަތުތަކުގެ ސަބަބުން، ހަށިގަނޑުގައި އެއްވެފައިވާ ލޮނުފެން ބޭރުކުރުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން، ޕާސްލީގައި އެކުލެވޭ އެންޓި-އޮކްސިޑެންޓްތަކާއި އިންފްލަމޭޝަން ކުޑަކުރާ ބާވަތްތަކުގެ ސަބަބުން ދުޅަވުން ކުޑަކުރުމަށް އެހީތެރިވެދެއެވެ.

ޕާސްލީ ފެނުގެ ބުއިން؛ ފައި ދުޅަވުމުގެ މައްސަލައަށް ހައްލެއް!—ފޮޓޯ:ވެރީވެލްހެލްތު
ބޭނުންވާ ތަކެތި:
- 1 ލީޓަރު ފެން
- އަތްމުށެއްހާ ތާޒާ ޕާސްލީ (ނުވަތަ 2 ސަމުސާ މިންވަރު ހިއްކާފައިވާ ޕާސްލީ)
- ބޭނުން ނަމަ ½ ލުނބޯޖޫސް
- ބޭނުން ނަމަ 1 ސަމުސާ މާމުއި
ތައްޔާރުކުރާނެ ގޮތް
1 ލީޓަރުގެ ފެން ތެއްޔަކަށް އަޅައި ކައްކާށެވެ. ރަނގަޅަށް ފެން އެތި ކެކުމުން ޗޮޕްކޮށްފައި ހުރި ރޯ ޕާސްލީ ނޫނީ ހިކި ޕާސްލީ ފެނަށް އަޅައި ރަނގަޅަށް އެއްކުރަމުން ކައްކާށެވެ. 5-10 މިނެޓު ވަންދެން ކައްކާށެވެ.
ޕާސްލީ ފަތްތައް، ފުރޭންޏެއްގެ އެހީގައި ފުރާނައި ފެން ވަކިކޮށްލާށެވެ. އަދި ޕާސްލީ ފެން ތަށްޓަކަށް ނޫނީ ޖޯޑަކަށް ވަކިން އަޅާށެވެ. ރަހަ ރަނގަޅުކުރުމަށް ބޭނުންނަމަ ލުނބޯ ޖޫހާއި މާމުއި އިތުރު ކުރެވިދާނެއެވެ.
އެކަށީގެންވާ ރަނގަޅު ނަތީޖާއަކަށް ހެނދުނު 1 ތަށި ހަވީރު ނުވަތަ ރޭގަނޑު 1 ތަށި ފެން ބޯށެވެ.

ޕާސްލީ ފެނުގެ ބުއިން؛ ފައި ދުޅަވުމުގެ މައްސަލައަށް ހައްލެއް!—ފޮޓޯ:ވެރީވެލްހެލްތު
ސިއްހީ ފައިދާތައް. ޕާސްލީ ސާފު ބުއިމުގެ ސިއްހީ ފައިދާތައް ވަރަށް ގިނައެވެ. މީގެ ތެރޭގައި:
- ފައި ދުޅަވުން ކުޑަކުރުން
- ކިޑްނީގެ މަސައްކަތް ރަނގަޅުކުރުން
- ލޭ ދައުރުވުން ރަނގަޅުކުރުން
- ހަޖަމުކުރުން ރަނގަޅުކުރުން
- ދިފާއީ ނިޒާމު ވަރުގަދަކުރުން
ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު މި ސާފު ބުއިން ބޭނުންކުރާށެވެ. އަދި ލޮނުގިނަ ކާނާ މަދުކުރާށެވެ. ހަމަމިއާއެކު ހިނގާ ބިނގާވެ އުޅުމާއި ކަސްރަތުކުރުން އިތުރުކުރާށެވެ. އަދި ސާފު ފެން ބުއިން އިތުރުކުރާށެވެ.
ޕާސްލީގެ މި ބުއިމަކީ ފައި ދުޅަވުމުގެ މައްސަލައަށް ވަރަށް ރަނގަޅު ޤުދުރަތީ ހައްލެކެވެ. ނަމަވެސް، ދާއިމީ ގޮތެއްގައި ފައި ދުޅަވުމުގެ މައްސަލަ ދިމާވާނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.

