2003 ވަނަ އަހަރު އާންމުންގެ ބޮޑު މަގްބޫލުކަމެއް ލިބުުނު މަޝްހޫރު ހޮލީވުޑް ފިލްމު “ޑެވިލް ވެއާސް ޕްރާޑާ” ގެ ސީކުއެލް އަންނަ އަހަރުގެ މެއި މަހު ނެރޭނެކަން ހާމަކޮށްފިއެވެ.
ޑިޒްނީ އިން ފިލްމު ނެރޭނީ އަންނަ އަހަރުގެ މަހުގެ މެއި 1 ވަނަ ދުވަހު ކަމަށް ހާމަކުރި ނަމަވެސް، ފިލްމުގެ ކާސްޓް އަދި ހާމަކޮށްފައެއް ނުވެއެވެ.
މަޝްހޫރު ލިޔުންތެރިޔާ ލައުރެން ވިއެސްބާގާގެ ވާހަކަ ފޮތަށް ހަދާފައިވާ މި ފިލްމުގައި ޒުވާން އަންހެނަކު ފެޝަން މެގެޒިންއެއްގައި މަސައްކަތް ކުރާއިރު ދިމާވާ އެކި ގޮންޖެހުންތަކާއި ލިބޭ ކުރިއެރުންތައް ދައްކުވައިދޭއިރު، މި ފިލްމަކީ އެމެރިކާގެ މަޝްހޫރު އެކްޓްރެސް އިން ކަމުގައިވާ މެރްލީ އަދި އެނާ ހެތަވޭ ފެނިގެން ގޮސްފައިވާ ފިލްމެއް ކަން ފާހަގަކޮށްލެެވެއެވެ.

