ހުޅުމާލޭގައި މިރޭވެސް ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮންނަ ފަރުކޮޅުފުށީގައި މިރޭ 21:45 ގައި ކަމަށެވެ.
ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ ތިން މިނެޓެއް ހާއިރަށް ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.
“ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025” ހުޅުވުމުގެ ރަސްމިއްޔާތު ފާހަގަކުރުމަށް ރޭ ހުޅުމާލޭ ފުރަތަމަަ ފިޔަވަހީގައި ވަނީ ހަވާ އަރުވައިފައެވެ.
ވިޔަފާރި އުސޫލުން ހަވާ އެރުވުމަކީ ސިފްކޯއިން ކުރަމުންދާ ކަމެކެވެ.

