ސްރީލަންކާގެ މާބަނޑު އަންހެނެއް އެއްމާބަނޑު 6 ކުދިން ވިހައިފިއެވެ.
ސްރީލަންކާއަށް ނިސްބަތްވާ މާބަނޑު އަންހެނަކު އެއްމާބަނޑު 6 ކުދިން (03 ފިރިހެން ކުދިންނާއި 03 އަންހެން ކުދިން) ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ އަމިއްލަ ޕްރައިވެޓް ހޮސްޕިޓަލަކަށް މިއަދު ހެނދުނުގެ ވަގުތެއްގައި ވިހައިފިއެވެ.
ހޮސްޕިޓަލާއި ހަވާލާދީ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، 6 ކުދިންނާއި، މައިމީހާ ތިބީ ގަދަވެ ސަލާމަތުންނެވެ. ރިޕޯޓްތައް ބުނާގޮތުން، މިފަދަގޮތަކަށް އެއްމާބަނޑު 6 ކުދިން ސްރީލަންކާގައި އުފަންވީ މިއީ ފުރަތަމަ ފަހަރެވެ.

