ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތަރައްގީ ކުރި 14 އެނދުގެ ޒަމާނީ އެމާޖެންސީ ރޫމް މިއަދު ހަވީރު ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށުނު މި މަޝްރޫއު ނިމުމާއެކު، ހުޅުމާލެ ހޮސްޕިޓަލުގެ އެމާޖެންސީ ރޫމްގެ ޖާގަ ވަނީ ދެގުނަ އިތުރުވެފައެވެ. މިހާރު އެއްފަހަރާ 14 ބަލިމީހުންނަށް އެނދުމަތިކޮށްގެން ފަރުވާ ދެވޭނެ މި އެމާޖެންސީ ރޫމް ވަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކުރެވިފައެވެ.
އައު އެމާޖެންސީ ރޫމް ފަރުމާކުރެވިފައިވަނީ ޒަމާނީ ވަސީލަތްތަކާ އެކުގައެވެ. މީގެ ތެރޭގައި ކްރިޓިކަލް ބަލިމީހުންނަށް ޚާއްޞަާއްޞަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ކޮޓަރިއެއް ހިމެނެއެވެ. މި އެމާޖެންސީ ރޫމް ތައްޔާރު ކޮށްފައި ވަނީ ފުރާނައަށް ނުރައްކާވާ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް އަދި ބޮޑެތި އެމާޖެންސީ ހާލަތްތަކަށް އިސްކަންދީގެންނެވެ.
މި އެމާޖެންސީ ރޫމްގައި ކްރިޓިކަލް ބަލިމީހުންނަށް ޚާއްސަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ކޮޓަރިއެއް ޤާއިމްކުރެވި، ފުރާނައަށް ނުރައްކާވާ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް އެންމެ ފުރިހަމަ އާލާތްތައް ހަރުކުރެވިފައިވެއެވެ. "މި އެމާޖެންސީ ރޫމްގެ ސަބަބުން އެކްސިޑެންޓްތަކާއި، ކުއްލި ފަރުވާ ބޭނުންވާ ކޮންމެ ހާލަތެއްގައި ވަގުތުން ރަނގަޅު ފަރުވާ ލިބެން ފަށާނެ" ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވަނީ ފާހަގަކޮށްފައެވެ.
ފާއިތުވި އަހަރު ޓާޝަރީ ފެންވަރަށް އަޕްގްރޭޑް ކުރެވުނު ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ވަނީ 4 އޮޕަރޭޝަން ތިއޭޓަރާއި، އައިސީޔޫ، އެންއައިސީޔޫގެ އިތުރުން، ސީއެސްއެސްޓީގެ ޚިދުމަތްވެސް ތަޢާރަފްކުރެވިފައެވެ. އަހަރެއްގެ މައްޗަށް 380,000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތްދޭ މި ހޮސްޕިޓަލުން، މި އެމާޖެންސީ ރޫމް ހުޅުވުމާއެކު އިތުރު ގިނަ ބަޔަކަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގެންދާނެއެވެ.

