ތ. ކަނޑޫދޫ ސްކޫލެއްގައި ކިޔަވައިދޭ ބިދޭސީ ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލައި، އިނގިލީގެ ހުޅު ނައްޓާލި މައްސަލައެއް، ދިވެހި ފުލުހުން، ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ގޮތުގައި މި ހާދިސާގައި އަނިޔާ ލިބިފައިވަނީ 11 އަހަރުގެ ފިރިހެން ދަރިވަރަކަށް ކަމަށެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވެނީ އިންޑިއާއަށް ނިސްބަތްވާ ޓީޗަރަކަށް ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މިއަދު ހިނގި މި ހާދިސާއާ ގުޅިގެން އަނިޔާ ލިބުނު ދަރިވަރަށް މިވަގުތު ފަރުވާ ދެމުން ގެންދަނީ ތ. ވޭމަންޑޫ ސިއްޙީ މަރުކަޒުގައެވެ.
ނަމަވެސް މި މައްސަލައިގައި މިހާތަނަށް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

