މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިހްތިފާލްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މަސްވެރިންގެ ދުވަސް ފާހަގަ ކުރަނީ ރާއްޖޭގެ މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިންގެ މަސައްކަތްތަކަށް ތަރުޙީބުދިނުމުގެ މަގްސަދުގައެވެ.
މަސްވެރިންގެ ދުވަހުގެ އިމްތިފާލުތައް ބާއްވާނެ ރަށްކަނޑައަޅާއިރު ބަލާނެ ކަންތައްތަކުގެ ތެރޭގައި ގައުމީ ފެންވަރުގައި، ފާހަގަ ކުރާ ދުވަހެއް ހަމަ އެ އަހަރު އެރަށުގައި ފާހަގަ ކުރާ ރަށަކަށް ނުވުމާއި، މަސްވެރިންގެ ދުވަސް މީގެ ކުރިން ބާއްވާފައިވާ ރަށެއްގައި ދެވަނަ، ފަހަރަށް މަސްވެރިންގެ ދުވަސް. ބޭއްވުމަށް އެދިފައިވާނަމަ، އެރަށެއްގައި މަސްވެރިންގެ ދުވަސް ބޭއްވިތާ 5 އަހަރު، ވެފައިވުމާއި، މުނާޞަބަތުތައް ބޭއްވުމަށް އެރަށެއްގެ ރައްޔިތުން ޝައުގުވެރިވާ މިންވަރު ވުާރާއިން ބަލާނެއެވެ. އަދި އުމްރާނީގޮތުން ރަށަށް އައިސްފައިވާ ކުރިއެރުންތަކުގެ ތަފްސީލް އަދި މީގެ އިތުރުން، އަތޮޅުގެ އެހެން ރަށްރަށުގެ ބައިވެރިވުން ހޯދުމަށް ހުށަހަޅާފައިވާ މިންވަރާއި، ދުވަހާއި، ގުޅިގެން ރަށަށް ޒިޔާރަތްކުރާ މެޙުމާނުންނަށް މެހުމާންދާރީ އަދާކުރުމުގެ، އިންތިޒާމްތައް ރޭވިފައިވާ ގޮތާއި އެކަން ކުރުމުގެ، ޤާބިލްކަން ހުރި ނެތް މިންވަރާއި ރަށަށް ޒިޔާރަތްކުރައްވާ މެހެމާނުން ތިއްބެވުމަށް، ހަމަޖައްސަވާފައިވާ އިންތިޒާމުތަކުގެ އިތުރުން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެރަށަކުން ކުރުމަށް ހުށަހަޅާ ކަންކަމަށްވެސް ޒުވާރާއިން ބަލާނެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރަށެއް ކަނޑައެޅުމުގައި އެރަށަކީ މަސްވެރި ރަށެއްކަމުގައި ބަލާނެއެވެ. މަސްވެރި ރަށެއް ކަމުގައި ބެލުމުގައި، އެރަށެއްގައި، ރަޖިސްޓްރީ ކޮށްފައިވާ މަސްވެރިންގެ ޢަދަދާއި، މަސްވެރި، އުޅަނދުފަހަރުގެ ޢަދަދަށްވެސް ބަލާނެއެވެ.
އެހެންވީމާ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށްއެދޭ ފޯމު 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 12:00ކުރިން މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް އަށް ގަވަރމަންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ، އިޙްތިފާލްތައް ބޭއްވުމަށް އެދި ހުށަހަޅާ ފޯމް އާއިގުޅިގެން، އެއްވެސް، މަޢުލޫމާތެއް ސާފުކުރަން ބޭނުން ނަމަ މިނިސްޓްރީއާއި (3339274) ގުޅައިގެން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

