މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ދެވަނަ ގުރޫޕް ސައުދީއަށް ފުރައިފިއެވެ.
ޙައްޖުވެރިންގެ ދެވަނަ ގުރޫޕް ފުރާފައިވަނީ މިއަދު ހެނދުނު 8:00ގައެވެ. އެއީ 255 މީހުންނެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖައްސާނެކަމަށް ލަފާކުރެވޭ ގަޑިއަކީ ޖިއްދާ ގަޑިން މިއަދު 11:00 އެހާއިރުއެވެ.
ޙައްޖުވެރިންގެ ދެވަނަ ގުރޫޕު ފުރާފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓެއްގައެވެ. މިއީ އަހަރުތަކަކަށްފަހު މޯލްޑިވިއަންގެ ބޯޓެއްގައި ޙައްޖުވެރިން ދާ ފުރަތަމަ ފަހަރެވެ. އެހެނިހެން އަހަރުތަކުގައި ޙައްޖުވެރިން ގޮސްފައިވަނީ ސަޢުދީ އެއަރލައިންތަކާއި އެނޫންވެސް ބައެއް ބޭރުގެ އެއަރލައިންތަކުގެ ބޯޓުތަކުގައެވެ.
ސަރުކާރުން ވަނީ މާލެއިން 3 ރޫޓަކުން އަދި ހުޅުމާލެއިން 2 ރޫޓަކުން ބަސްދަތުރު ވަނީ ހަމަޖައްސާފައެވެ. ބަސް ދަތުރުތައް ފެށީ ރޭ ދަންވަރު 3:00 ޖެހިއިރުއެވެ.
ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ.

