ހއ. އިހަވަންދޫ އާއި އދ. ކުނބުރުދޫގައި ގާއިމްކުރާ ފުޓްސަލް ދަނޑުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
އާރުޑީސީން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ އިހަވަންދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށް ދަނީ ދަނޑު ލެވެލް ކުރުމުގެ މަސައްކަތް ކަމަށެވެ.
މި ދެ މަޝްރޫއު ވެސް އާރްޑީސީއާ ހަވާލުކުރެވުނީ 2024 ވަނަ އަހަރު އޮގަސްޓު މަހު 21 ގައެވެ. މި މަޝްރޫއަށް ސަރުކާރުން 4.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ.
އާރްޑީސީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގުހެދުމުގެ މަޝްރޫއުތަކުގެ އިތުރުން ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.

