ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ރައީސް ތަހުނިޔާ ފޮނުވާފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓެއްގައި ވަނީ އެ ގައުމުގެ ރައީސް އިލްހާމް ހޭދަރް އޮގްލޫ އަލިޔޭވް އާއި އެ ގައުމުގެ ބޮޑުވަޒީރު، އަލީ ހިދާޔަތް އޮގްލޫ އަސްޑޯވް އަށް ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައެވެ. އަދި އެ ގައުމުގެ ރައްޔިތުންނަށް ވެސް މިނިވަން ދުވަހު ތަހުނިޔާ ފޮނުއްވާފައެވެ.
މި ތާރީހީ ދުވަހުގައި ދައްކުވައިދެނީ އަޒަރުބައިޖާންގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށާއި، އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ދެމެދުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިނިވަން ދުވަސް ފާހަގަކުރަން އަޒަރުބައިޖާން ފަށާފައިވަނީ 1918 އިން ފެށިގެންނެވެ.

