އަންހެން ހެދުން އަޅައިގެން ފިހާރައަކުން އަގު ބޮޑު ގަޑިއެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ، އަބުލަޣީގެ އުމުރުން 47 އަހަރުގެ މުހައްމަދު ސިމާދުއެވެ.
ޝިމާދުއަށް ކުރަނީ އަންހެން ހެދުން އަޅައިގެން ފިހާރައަކުން 67،500 ރުފިޔާގެ އަގުހުރި “އޮމެގާ” ބްރޭންޑްގެ ގަޑިއެއް ވަގަށް ނެގިކަމުގެ ތުހުމަތެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮަށްފައެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ ސީސީޓީ ފުޓޭޖް ސްނެޕްޝޮޓްތަކާއި ބަޔާންތަކުން ސިމާދު ސިފަ ނޭނގޭ ގޮތަށް މޫނު ބުރުގާ އަޅައިގެން ފިހާރަ ތެރެއަށް ވަދެ ގަޑި ނަގާފައިވާކަން އެނގޭ ކަމަށެވެ.

