ސްޕެއިންގެ ޒުވާން ފުޓުބޯޅަ ތަރި ލަމީން ޔަމާލް ބާސެލޯނާއާއެކު 6 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އަންގާރަ ދުވަހު ކްލަބުގެ ރައީސް ޖުއާން ލަޕޯޓާ އަދި ކުޅިވަރު ޑައިރެކްޓަރް ޑެކޯގެ ހާޒިރުގައި ޔަމާލް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އޭނާގެ މިހާރުގެ އެއްބަސްވުން އަންނަ ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. ނަމަވެސް އާ އެއްބަސްވުމާއެކު އޭނާ 2031 ވަނަ އަހަރުގެ ނިޔަލަށް ބާސެލޯނާގައި މަޑުކުރާނެއެވެ.
އުމުރުން އެންމެ 16 އަހަރުގައި ބާސެލޯނާއަށް ކުޅެން ފެށި ކުރި ޔަމާލް ވަނީ ބާސާއަށް ލަ ލީގާ، ކޯޕާ ޑެލް ރޭ އަދި ސްޕެނިޝް ސުޕާ ކަޕް ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން، އޭނާ ވަނީ 55 މެޗުގައި 18 ލަނޑާއި 25 އެސިސްޓް ކާމިޔާބުކޮށްފައެވެ.
ޔަމާލް ވަނީ ކްލަބަށް ކުޅުނު 115 މެޗުގައި 25 ލަނޑު ކާމިޔާބުކޮށްދީފައެވެ. ހަމައެއާއެކު، ލަ ލީގާ، ކޯޕާ ޑެލް ރޭ އަދި ސްޕެނިޝް ސުޕާ ކަޕްގެ ތާރީޚުގައި އެންމެ ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑު ވެސް އޭނާ އަތުގައި އޮތްއިރު، ޔަމާލްއަކީ ބާސާއަށް 100 މެޗު ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ ވެސް މެއެވެ.

