އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހިންގެ ތިންވަނަ ގްރޫފް މިއަދު ހެނދުނު ފުރައިފިއެެވެ.
މިއަދު ހެނދުނު 7:12 ގައި 250 ހައްޖުވެރިން ފުރާފައިވާއިރު، މި ހައްޖުވެރިންނަށް ޖިއްދާއަށް ދެވޭނެކަމަށް ލަފާކުރެވެނީ ރާއްޖޭ ގަޑިން މެންދުރު 12:55 ގައި ކަމަށެވެ. އެއީ މައްކާ ގަޑިން ހެނދުނު 10:55 ގައެވެ.
ދިވެހިން ހައްޖުވެރިންގެ ތިންވަނަ ގްރޫޕް ފުރީ ގައުމީ އެއާލައިން މޯލްޑިވިއަން ގައެވެ.
މި އަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިން ފުރަން ފެށީ މިދިޔަ ހޯމަދުވަހުއެވެ. ދިވެހި ހައްޖުވެރިންގެ ފަހު ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

