ގއ. ދާންދޫގައި ހޮސްޕިޓަލެއް އިމާރަތްކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު ޤާސިމް އެވެ. ރޯޑް ޑިވެލޮޕްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އަސްބާޙް އަލީ ނަޞީރުއެވެ.
ދާންދޫ ހިމެނޭ ގޮތަށް ހަތަރު ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޢިމާރާތްކުރަން އާރުޑީސީ އާއި ވަނީ ހަވާލުކޮށްފައެވެ.
އެ ޙަވާލުކުރެވުނު ހަތަރު ރަށަކީ:
- ހއ. ފިއްލަދޫ ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް- މި މަސައްކަތުގެ އަގަކީ:11,997,890.47 ރުފިޔާއެވެ.
- ރ. މީދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް- މި މަސައްކަތުގެ އަގަކީ: 11,997,890.47 ރުފިޔާއެވެ.
- މ. މުލަކު ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް މި މަސައްކަތުގެ އަގަކީ: 26,469,925.89 ރުފިޔާއެވެ.
- ގއ. ދާންދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް : މަސައްކަތުގެ އަގަކީ: 108,322,537.03 ރުފިޔާއެވެ.

