މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީގެ ސްކޮލާޝިފަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދެ ދާއިރާއަކުން މަތީ ތަޢުލީމު ހާސިލްކުރުމަށް 22 ފުރުސަތަށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. އެއީ ޝަރީޢާ ދާއިރާއިންނާއި، ސައިންޓިފިކް އަދި ތިއަރެޓިކަލް ދާއިރާއިން ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް އަލް އަޒްހަރު ސްކޯލަރޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން “މައި އެޑިއު” ޕޯޓަލް މެދުވެރިކޮށް މި ސްކޯލަރޝިޕަށް ކުރިމަތިލެވޭނެއެވެ. އަދި އެހެން ސްކޯލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެނޑިޑޭޓެއް މި ސްކޯލަރޝިޕް ފުރުސަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.
އަލް އަޒްހަރު ސްކޯލަރޝިޕްގެ ދަށުން، މިސްރުގައި ބެޗެލަރސް އޮފް ޝަރީޢާ ކިޔެވުމަށް 5 ފުރުސަތު އަދި ބެޗެލަރސް އޮފް ސައިންޓިފިކް/ ތިއަރެޓިކަލް ދާއިރާއިން ކިޔެވުމަށް 17 ފުރުސަތު ލިބިގެންދާނެކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ސްޓޫޑެންޓް ލޯނު ސްކީމަށް ހޮވިފައިވާ ކެނޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުސަތަށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށެވެ. އަދި ސްކޯލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

