ރީނދުލަކީ އޭގައި އެކުލެވޭ މިނަރަލްސް، ވިޓަމިންސް، ޕްރޮޓީންސް އަދި ފައިބަރުގެ ސަބަބުން ވަރަށް ގިނަ ސިއްޙީ ފައިދާތަކެއް ލިބޭ އެއްޗެކެވެ. މިއީ އެންޓި-އޮކްސިޑެންޓް، އެންޓި-އިންފްލެމެޓަރީ، އެންޓި-ފަންގަލް އަދި އެންޓިސެޕްޓިކް ބާވަތެއްގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެކެވެ.
ރީނދުލުން ޑިޕްރެޝަން، ޓައިޕް 2 ހަކުރުބަލި، ވައިރަލް އިންފެކްޝަންތައް، ކޮލެސްޓްރޯލް މަތިވުން، އަލްޒައިމާ ބަލި، އާތުރައިޓިސް، ކެންސަރު އަދި ބޮލުގައި ރިއްސުން ފަދަ އެތައް ބައްޔަކަށް ފަރުވާ ލިބެއެވެ. އަދި ހަމުގެ ސިއްޙަތަށްވެސް ވަރަށް ފައިދާ ކުރާ އެއްޗެކެވެ.
ރީނދޫކިރު ތައްޔާރު ކުރާނެ ގޮތް
ރީނދުލާއި އިނގުރު އަދި އަސޭމިރުސް އެއްކޮށްގެންނެވެ. ހޫނު ފެނުގައި މިބައި ރަނގަޅަށް ކައްކާލާށެވެ. ހުން އައުމުގެ އަލާމާތްތައް ކުރިމަތިވާ މީހުންނަށް ގިނަ ފައިދާތަކެއް ލިބިފައިވީނަމަވެސް އެހެންކަހަލަ ޑޮކްޓަރީ ބޭސް ބޭނުންކުރަމުންދާ ދަނޑިވަޅެއްގައި (މިސާލަކަށް ވަރުގަދަ އެންޓިބައޮޓިކެއް ބޭނުން ކުރަމުންދާއިރު) ބޭނުންކުރުން ރަނގަޅެއް ނޫނެވެ.
ރީނދޫކިރުގެ ފައިދާތައް:
- ކަރުތެރޭގައި ރިއްސުން ލުއިކޮށްދެއެވެ
- ނޭފަތް ބެދުން ރަނގަޅުކޮށް ނޭފަތުގެ އެތެރެ ސާފުކޮށްލަދެއެވެ.
- ދިގުދެމިގެންދާ މޭއެންދުން ކަހަލަ އުނދަގޫތަކުން ދުރުކޮށްދެއެވެ.
- ދިފާއީ ބާރު އިތުރުކޮށްދެއެވެ.
- ރީނދޫ ކިރަކީ ފައިދާހުރި ސިއްހީމާހިރުން ޔަގީންކަން ދީފައިވާ ބުއިމެއް
އިނގުރާއި މާމުޔާއެކު ރީނދޫ: ކެއްސުމަށް ރަނގަޅު ފަރުވާ
ދިމާވެގެން އުޅޭ ކެއްސުން ޖެހިގެން އުޅެނީ ފުއްޕާމޭގެ ބަލިކަށިކަން ނުވަތަ ވައިރަލް އިންފެކްޝަނެއްގެ ސަބަބުންނަމަަ، ގޭގައި ދެވިދާނެ އެންމެ ރަނގަޅު އެއްފަރުވާއަކަށް ރީނދޫ ހިމަނައިގެން ތައްޔާރުކޮށްލާ އެއްޗެއް ނޫނީ ރީނދޫ ހިމަނައިގެން ކަރުތެރެ ދޮވެލުން ކަހަލަ ކަންތައް ހިމެނެއެވެ.
ރީނދުލާއި އިނގުރުގައި ވެސް އެންޓިވައިރަލް އަދި އެންޓިބެކްޓީރިއަލް ޕްރޮޕަޓީސް އެކުލެވިގެންވާއިރު، ނޭވާލާ ނިޒާމުގައި މައިކްރޯބްތައް އުފެދޭ އިންފެކްޝަންތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މިދެބާވަތްވެސް އެހީތެރިވެދެއެވެ. މާމުއިން ކަރުތެރެއަށް ވާއުނދަގުލާއި ތަދު، އަދި ފާރުވެފައި ހުރުމުން އަރާ ދިލަރިހުމުން ލުއިކޮށްދެއެވެ. އެހެންކަމުން މިބައިތައް އެއްކޮށްލައިގެން ތައްޔާރުކޮށްލެވޭ ބުއިމަަކީ ކެއްސުމަށް ފަރުވާ ދިނުމުގައި ވަރަށް ފައިދާހުރި ބުއިމެކެވެ.
ރީނދުލާއި ލޮނުއެއްކޮށްހެން ހޫނުކަންހުންނަ ފެނުން ކަރުދޮވުމުގެ ފައިދާބޮޑުވެފައި ނަތީޖާ އަވަސް
ކަރުތެރޭގައި ރިއްސުމަށް ފަރުވާ؛
ރީނދޫ ހިމަނައިގެން ގާގްލް ނުވަތަ ކަރުތެރެ ދޮވުންް
ހޫނު ފެނުގައި ރީނދުލާއި ލޮނ އެއްކޮށްލައިގެން ކަރުތެރޭގައި ރިއްސުން ހަމަ ނުހަނު އަވަހަށް ފަސޭހަކޮށްލަދޭނެ، ފައިދާހުރި ގާގްލް ސޮލިއުޝަނެއް ހެދިދާނެ އެވެ.
ބޭނުންވާ ތަކެތި:
1 ތަށި ހޫނު ފެން
1⁄2 ސައިސަމުސާ ރީނދޫ(ހިމުންކޮށްހުންނަ)
1 ސައިސަމުސާ މޭޒުމަތީ ލޮނު
ތައްޔާރު ކުރާނެ ގޮތާއި ބޭނުން ކުރާނެ ގޮތް:
- ތަށްޓަކަށް 1 ޖޯޑު ހޫނު ފެން އަޅާށެވެ.
- އާންމު މޭޒުމަތީ ލޮނު 1 ސައިސަމުސާ އާއި 1⁄2
- ސައިސަމުސާ ރީނދޫޕައުޑަރ އަޅާށެވެ.
- ރަނގަޅަށް އެއްކޮށްލާށެވެ.
- މިހާރު ދެން ކަރުތެރެގާރގްލް(އަނގަޔަށް އެޅުމަށްފަހު ކަރުމައްޗަށް ނަގައިގެން ކަރުތެރޭގައި ފެނުގެ އަސަރު ޖެހޭގޮަތަށް ދޮވުން) ކުރާށެވެ.
- އެންމެ ރަނގަޅީ ދުވަހުގެ ފުރަތަމަ ކަމަކަށްހެނދުނު ހެނދުނާ ކުރުމެވެެ.
މިގޮތަށް މަދުވެގެން ދުވާލަކު ދެފަހަރު، ހެނދުނު އަދި ހަވީރު އެއްފަހަރު، 2-4 ދުވަސް ވަންދެން ގާރގްލްކޮށް ކަރުތެރެއަށް ރިއްސުމަށް ފަރުވާ ދިނުމުން ހީވެސް ނުކުރާހާ އަވަހަށް ކަރުތެރެ ސާފުވެ އަރިދަފުސް ރޯގާގެ އަސަރު ފިލައިދާނެއެވެ.
ގާރގްލް ކުރުމަށްފަހު މަދުވެގެން 15 މިނިޓް އެންމެ ރަނގަޅީ 30 މިނެޓް ވަންދެން އެއްޗެއް ކެއުން ނުވަތަ ބުއިމުން ދުރުވުމަކީ އެންމެ ފައިދާ ކުރާނެ ގޮތެވެ.
ސަބަބަކީ ކަރުތެރެ ދޮވުމަށް ބޭނުން ކުރި ރީނދުލާއި ލޮނުގެ އަސަރު އޭގެ ގޮތުގައި އެތެރެއަށް ކުރުމަށް ވަގުތުކޮޅެއް ބޭނުން ވާނެތީއެވެ.

