މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑި: މައްސަލަ ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުނ
ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުން މިވަގުތު ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ދަނީ ކުރަމުންނެވެ.
ސްޓެލްކޯއިން މިކަމާ ގުޅޭގޮތުން އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލައާ ގުޅިގެން ކަރަންޓު މެދުކެނޑިފައިވާ ސަރަހައްދުތަކުގައި މައްސަލަ ދެނެގަތުމާއި ހައްލުކުރުމުގެ މަސައްކަތް އެ ކުންފުނީގެ ޓެކްނިކަލް ޓީމުތަކުން ކުރިއަށް ގެންދާ ކަމަށެވެ.
“ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށްއެދެން،” ސްޓެލްކޯގެ އެކްސްޕޯސްޓުގަައި ގައި ބުނެފައިވެއެވެ.
މި މައްސަލައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ. އަދި ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

