“ބޭންކް އޮފް މޯލްޑިވްސް” ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ މަގާމަށް ސ. ހިތަދޫ، ނޫވިލާގެ އަހްމަދު އަލީ ހަބީބް އައްޔަންކޮށްފިއެވެ.
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ މަގާމަށް އަހްމަދު އަލީ ހަބީބު އައްޔަން ކޮށްފައިވަނީ އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައެވެ.
މި ޖަލްސާގައި ބީއެމްއެލްގެ އައު ޑިރެކްޓަރުންގެ ބޯޑަށް ވެސް ވަނީ މެންބަރުން އައްޔަންކޮށްފައެވެ.
ސަރުކާރުގެ ފަރާތުން އައްޔަންކުރި މެންބަރުންނަކީ:
- މުހައްމަދު ޝަރީފް،
- ސަހަރު ވަހީދު،
- އަލީ ފާރިސް މުހައްމަދު،
- އާދިލް މޫސާ،
- މުހައްމަދު ޝާހިދު،
- ޑރ. މަރްޔަމް ސުޒީ އާދަމް
- މުހައްމަދު މާއިޒު މުނާޒު
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރި މެންބަރުންނަކީ:
- އަބްދުﷲ ނަސީމް،
- ނަޖީމް އިބްރާހީމް ޒަކަރިއްޔާ
- މޫސާ ރަޝީދު
ބީއެމްއެލް ބޯޑަށް ބޭފުޅުން އައްޔަނުކޮށްފައިވާއިރު އެ ޖަލްސާގައި އެ ބޭންކުން ވަނީ ހިއްސާއަކަށް 55 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. ޖަލްސާގައި ފާސްކޮށްފައިވަނީ 50 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް 55 ރުފިޔާ ބެހުމަށެވެ.

